ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ، ފަންނީ ބިދޭސީންނަށް ރައްޔިތުކަން ދީގެން އައްޑޫ ސިޓީ 50،000 މީހުން ދިރިއުޅޭ ސިޓީއަކަށް ހެދިދާނެ ކަމަށެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ފާހަގަކުރެއްވީ، އައްޑޫ ސިޓީ ބައިބައި ކުރުމުން ވަކި ރަށްތަކަށް އިތުރު ފައިދާއެއް ނުލިބޭނެ ކަމަށާއި، އައްޑޫގެ ތަރައްގީއަށް އެންމެ ބޭނުންވަނީ ސިޓީގެ އާބާދީ އިތުރުކުރުން ކަމަށެވެ.
ނަޝީދު ވިދާޅުވީ، ގާނޫނުގައި ބުނާ ޝަރުތު ހަމަވާ ފަންނީ އަދި ތައުލީމީ ބޭރު މީހުންނަށް ވަކި މުއްދަތަކަށް އައްޑޫ ސިޓީގައި ވަޒީފާ އަދާކުރުމަށް ޝަރުތުކޮށް ދިވެހި ރައްޔިތުކަން ދިނުމަކީ ރަނގަޅު ސިޔާސަތެއް ކަމަށެވެ. އިސްލާމީ އުއްމަތުގައި މިފަދަ ފުރުސަތު ބޭނުންހިފާނީ ޒުވާން އިންޖީނިއަރުންނާއި، ޑޮކްޓަރުންނާއި، ޓީޗަރުން ކަމަށް ނަޝީދު ވިދާޅުވިއެވެ.
މިހެން ނަޝީދު ވިދާޅުވަނީ، އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ނެގުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ރައީސް ޑރ. މުއިއްޒު މި މަހުގެ 6 ގައި ނެރުއްވި ހާއްސަ ގަރާރަކުން، މި ވޯޓު ނެގުން ކުރިއަށް ގެންދަން ނިންމަވާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވަނީ، އައްޑޫ ސިޓީ ކައުންސިލް އުފެދިފައިވާ ގޮތާ ގުޅޭ އާންމު ވޯޓު ނެގުން މި މަހުގެ 25 ވަނަ ދުވަހު ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކުރިއަށް ގެންދާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ