ބައްސާމްގެ އިތުރު މައްސަލައެއްގައި އަދަބު ބޮޑުވާނެ ގޮތަށް ދައުވާ އިސްލާހުކޮށްފި

ބައްސާމްގެ އިތުރު މައްސަލައެއްގައި އަދަބު ބޮޑުވާނެ ގޮތަށް ދައުވާ އިސްލާހުކޮށްފި

Author
ޙަސަން މުޙައްމަދު
20 އޮކްޓޯބަރ 2025 07:45
0

ފުޓްބޯލް އެސޯސިއޭޝަންގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށުގައި ޖަލަށްލާފައިވާ ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކުރި އިތުރު މައްސަލައެއްގައި އޭނާއަށް އަންނާނެ އަދަބު ބޮޑުވާނެ ގޮތަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ ފޯމް އިސްލާހުކޮށްފިއެވެ.

އިސްލާހުކުރީ ފީފާއިން ފޮނުވި ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް ކުރި މައްސަލާގައެވެ. މި މައްސަލާގައި ކުރިން ދައުވާކުރި ގޮތުން ކުށް ސާބިތުވެއްޖެނަމަ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ބައްސާމްއަށް އަންނާނެއެވެ. ނަމަވެސް މިހާރު ދައުވާ އިސްލާހުކޮށްފައިވާ ގޮތުން ކުށް ސާބިތުވެއްޖެނަމަ، އޭނާއަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މީގެ އިތުރުން ފުޓްބޯލް އެސޯސިއޭޝަންގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައެއްގައި މިދިޔަ ހަފްތާގައި ކްރިމިނަލް ކޯޓުން ބައްސާމަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.