ބަންގްލަދޭޝްގެ މައި އެއަރޕޯޓުގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާ، އޮޕަރޭޝަންތައް ހުއްޓުމަކަށް

ބަންގްލަދޭޝްގެ މައި އެއަރޕޯޓުގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާ، އޮޕަރޭޝަންތައް ހުއްޓުމަކަށް

Author
ޙަސަން މުޙައްމަދު
18 އޮކްޓޯބަރ 2025 09:01
0

ޑާކާގެ ހަޒްރަތް ޝާހްޖަލާލް އިންޓަނޭޝަނަލް އެއަރޕޯޓުގެ ކާގޯ ޓަރމިނަލްގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާ އެއަރޕޯޓުގެ އޮޕަރޭޝަންތައް މުޅިން ހުއްޓުމަކަށް އައިސްފައިވެއެވެ. ހޮނިހިރު ދުވަހު ހިނގި މި ހާދިސާގެ ސަބަބުން ފުރާ ފްލައިޓްތައް ލަސްވެ، ބައެއް ފްލައިޓްތައް އެހެން އެއަރޕޯޓްތަކަށް ބަދަލުކުރަން ޖެހިފައިވާ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

އަލިފާން ނިއްވުމަށް 36 ފަޔަރފައިޓިންގ ޔުނިޓާއި އަސްކަރިއްޔާ، ކަނޑު އަސްކަރިއްޔާ އަދި ވައިގެ އަސްކަރިއްޔާގެ ޓީމުތައް ހަރަކާތްތެރިވެފައިވާ ކަމަށް ފަޔަރ ސަރވިސް އެންޑް ސިވިލް ޑިފެންސް މީޑިއާ ސެލްގެ އޮފިސަރު ތަލްހާ ބިން ޒަސިމް ރޮއިޓާރސް އަށް ހާމަކޮށްފައިވެއެވެ. އަލިފާން ރޯވި ސަބަބު އަދި ހާމައެއް ނުވެއެވެ.

މިއީ މި ހަފްތާގައި ބަންގްލަދޭޝްގައި ރިޕޯޓުކުރެވުނު ތިންވަނަ ބޮޑު އަލިފާނުގެ ހާދިސާއެވެ. އަންގާރަ ދުވަހު އަންނައުނު ފެކްޓަރީއަކާއި ކެމިކަލް ގުދަނެއްގައި ހިނގި އަލިފާނުގައި 16 މީހުން މަރުވެ، އިތުރު ބަޔަކަށް އަނިޔާވިއެވެ. ބުރާސްފަތި ދުވަހު ޗިޓަގޮންގގެ އަންނައުނު ފެކްޓަރީ އިމާރާތެއް ވެސް އަލިފާނުގައި ހުސްވެގެން ދިޔައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.