ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ ބަދަލު ގެނައުމަށް ދައުރުން ބޭރުން ބާއްވާ ޖަލްސާ އަންނަ ހަފްތާގެ ބުދަ ދުވަހު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގައި އެޖެންޑާ ކޮށްފިއެވެ.
މަޖިލީހުގެ ދައުރުން ބޭރުގައި ބާއްވާ ޖަލްސާ ބޭއްވުމަށް އެޖެންޑާ ކޮށްފައިވަނީ ބުދަ ދުވަހުގެރޭ 20:30 އަށެވެ. މިޖަލްސާގެ އެޖެންޑާގައިވަނީ ސަރުކާރުގެ ފަރާތުން، ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީނިޔާޒް ހުށަހަޅުއްވާފައިވާ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުވެ.
ފުރަތަމަ ކިއުމަށް ފަހު، ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާއާއި ކޮމިޓީއެއްގައި ބިލު ދިރާސާކުރުމުގެ މަރުހަލާއާއި ކޮމިޓީއިން އެކުލަވާލާ ރިޕޯޓަށް ބަހުސް ކުރުމުގެ މަރުހަލާއަށް ވެސް މަޖިލީހުގެ މަސައްކަތް ގެންދާނެއެވެ.
ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވާ ސިއްޙީކުއްލި ނުރައްކަލު ހާލަތު އުވާނުލެވުނަސް ކައުންސިލް އިންތިޚާބް ބޭއްވޭނެގޮތައް ޤާނޫން އިސްލާާހު ކުރުމަށް އެމްޑީޕީގެ ފަރާތުން ހުށަހެޅުއްވީ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު، ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު އެވެ.
ޤާނޫނަށް ގެންނަ މައިގަނޑު އިސްލާހުތަކުގެ ތެރޭގައި:
– ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތް ނަމަވެސް އިންތިޚާބު ބޭއްވޭނެ ޖާގަ ދިނުން.
– އިންތިޚާބުތަކާއި ބެހޭ ޤާނޫނާއި، ލާމަރުކަޒީ ޤާނޫނުގައި އިންތިޚާބު ބޭއްވުމަށް ކަނޑައަޅާފައިވަ ތާރީހުތަކަށް ކޮންމެހެން އަމަލު ކުރަން ޖެހޭގޮތަށް ބަދަލު ގެނައުން.
– އިންތިޚާބު ބައްވާނެ ތަރީހު ކަނޑައަޅައި، ބޭއްވުމުގެ އިޚްތިޔާރު އިލެކްޝަން ކޮމިޝަނަ ދިނުން.
މަޖިލީހުން ގާނޫނަށް ގެންނަ މިއިސްލާހުތައް ގެނައުމަށްޓަކައި ގިނަ ދުވަތަކެއް ނުކޮށް، މި ބަދަލު ގާނޫނަށް ގެނެއް އިންތިޚާބު ބޭއްވުމަކީ މަޖިލީހުގެ މެޖޯރިޓީ އަދި މައިނޯރިޓީ ޕާޓީގެވެސް ވިސްނުން ހުރި ގޮތެވެ.
ކޮމެންޓު ފޮނުވާ