ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ހައުސިން ޑިވޮލަޕްމަންޓް ކޯޕަރޭޝަން އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ގުޅިގެން ހުޅުމާލޭގައި ހިންގި "ކޯސްޓަލް ކްލީނަޕް" ހަރަކާތުގައި 2،122.7 ކިލޯގެ ކުނި ނަގައިފިއެވެ.
އެޗްޑީސީން އިސް ނަގައިގެން ކުރިޔަށް ގެންދިޔަ މި ހަރަކާތުގައި ހުޅުމާލޭގެ ގޮނޑުދޮށާއި މޫދު ސާފުކުރުމަށް ސަރުކާރުގެ މުއައްސަސާތަކާއި އަދި ވިޔަފާރީގެ ދާއިރާއިން މަސައްކަތް ކުރާ އެތައް ކުންފުނިތަކެއް ބައިވެރިވި އެވެ. މި ހަރަކާތަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި އެތަނަށް ޒިޔާރާތްކުރާ ފަރާތްތަކަށް ފުރިހަމަ މާހައުލެއް ފޯރުކޮށްދިނުމަށް އެޗްޑީސީން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި، ރާއްޖޭގެ އެންމެ ބޮޑު އާބާދީ އޮންނަ ސަރަހައްދުކަމަށްވާ ހުޅުމާލޭގެ ސާފުތާހިރުކަން ދެމެހެއްޓުމަށާއި އާންމުންގެ ސާފުތާހިރުކަމުގެ އާދަތައް ރަނގަޅުކުރުމަށް މި ފަދަ ކްލީނަޕް ޕްރޮގުރާމުތައް މުސްތަގުބަލުގައިވެސް ބާރުއަޅައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ