އެމެރިކާއިން މިހާރު ފެންނަމުންދާ މަންޒަރާއި، ރައީސް ޓްރަމްޕުގެ އަމަލުތައް ހުރިގޮތަށް ބަލާއިރު، 30 އަހަރުގެ ވެރިކަމަށްފަހު ރައީސް މައުމޫން ދެއްކެވި ހިތްވަރަށް ސެލިއުޓް އަރުވަންޖެހޭ ކަމުގައި އިލެކްޝަން ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ އެންމެ ވަރުގަދަ ޑިމޮކްރަސީކަމަށް ބުނަމުންދާ އެމެރިކާގެ ރައީސް ޓްރަމްޕް އިންތިޚާބުން ބަލިވެ ވެރިކަމުން ފޭބުމަށް ދެކޮޅު ހައްދަވައި ހިންގަވާ ހަމަނުޖެހުންތަކާއި ގުޅިގެން ހަބީބު ވިދާޅުވީ މިއީ ދުނިޔޭގެ އެންމެ ވަރުގަދަ ޑިމޮކްރަސީން ފެންނަމުންދާ މަންޒަރުކަމަށެވެ. މިމަންޒަރަށް ބަލާއިރު ރާއްޖެއިން ފެންމުންދާ ޑީމޮކްރަސީ މާބޮޑަށްވެސް ފައްކާ ވަމުންދާކަމަށް ހަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ ޓްރަމްޕްގެ އަމަލުތައް ހުރި ގޮތުން މިއަދު ދުނިޔެއަށް ކަންބޮޑުވުން އަންނައިރު، ރާއްޖޭގެ ދިގު30 އަހަރުގެ ވެރިކަމަކަށްފަހު ރައީސް މައުމޫން ދެއްކެވި ހިތްވަރާއި ސާބިތު ކަމަކަކީ މިއަދޔު ދުނިޔެއަށްވެސް ނަމޫނާއެއް ކަމަށެވެ. އަދި އެކަމަށްޓަަކައި އެމަނިކުފާނަށް ސެލިއުޓް އަރުވަންޖެހޭ ކަމަށް ހަބީބު ވަނީ ވިދާޅުވެފައެވެ.
ރައީސް ޓްރަމްޕަށް މިހާވަރުވާއިރު، 30 އަހަރުވަންދެން ވެރިކަން ކުރެއްވި އަޅުގަނޑުމެންގެ ލޮބުވެތި ޒަޢީމުގެ ހިތްވަރުފުޅަށް ސެލިއުޓް އަރުވަންޖެހޭ! ޑިމޮކްރެސީ ގެ ދަތުރުގައި ރާއްޖެ މާބޮޑަށްވެސް ފައްކާވެއްޖެ. ދިވެހިންގެ ސުލޫކު މާފުރިހަމަ.
– ހަބީބު ވިދާޅުވިއެވެ.
ރައީސް ޓްރަމްޕަށް މިހާވަރުވާއިރު، 30 އަހަރުވަންދެން ވެރިކަން ކުރެއްވި އަޅުގަނޑުމެންގެ ލޮބުވެތި ޒަޢީމުގެ ހިތްވަރުފުޅަށް ސެލިއުޓް އަރުވަންޖެހޭ! ޑިމޮކްރެސީ ގެ ދަތުރުގައި ރާއްޖެ މާބޮޑަށްވެސް ފައްކާވެއްޖެ.
ދިވެހިންގެ ސުލޫކު މާފުރިހަމަ.@maumoonagayoom @mvpeoplesmajlis @ElectionsMv pic.twitter.com/xxfFN0cq8x— Ismail Habeeb (@IsmailHabeeb) January 7, 2021
ރައީސް މައުމޫންގެ ވެރިކަން2008 ވަނަ އަހަރު ނިމިގެންދިޔަ އިރު އެމަނިކުފާނު ވަނީ އޭރު ވެރިކަމާއި ހަވާލުވި ރައީސް މުހައްމަދު ނަޝީދަށް ވަރަށް އަމާން ކަމާއި އޮމާންކަމާއިއެކު ވެރިކަމުގެ ބާރުތައް ދޫކޮށްލައްވާފައެވެ. އަދި އިންތިޚާބުން ބަލިވުމުން ނަތީޖާ ގަބޫލު ކުރައްވައި ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެފައެވެ.
އެމެރިކާގައި ނޮވެމްބަރު 3 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބަށްފަހު، އިލެކްޓޯރަލް ވޯޓުން ބައިޑްން ހޯދި ކާމިޔާބީއަށް ކޮންގްރެސް އިން ރުހުން ދިނުމަށްޓަކާ ބާއްވަމުން އައި ޖަލްސާ ހުއްޓުމަކަށް އައިސްފައިވަނީ ޓްރަމްޕްގެ ސަޕޯޓަރުން ޖަލްސާކުރާ މާލަމްތެރެއަށް ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ. މިހަމަނުޖެހުންތަކުގައި އެކަކު މަރުވެފައިވާ ކަމުގައި ރަސްމީ ފަރާތްތަކުން ވަނީ މައުލޫމާތު ދީފައެވެ. ޓްރަމްޕް ގެންދަވަނީ، އެމެރިކާގެ ސެނެޓްގައި ނަގަން ހަމަޖެހިފައިވާ، ބައިޑްންއަށް ރުހުން ދިނުމުގެ ވޯޓުގެކުރިން މުޒާހިރާ ކުރިޔަށް ގެންދިއުމަށް އޭނާގެ ސަޕޯޓަރުންނަށް ގޮވާލަމުންނެވެ.
ކޮމެންޓު ފޮނުވާ