ހައިވޭގައި ބާރު ސްޕީޑްގައި އޯވަރޓޭކް ކުރަން އުޅުނު ސައިކަލުތަކާ ބަހެއް އެކްސިޑެންޓެ ވެއްޖެ

ހައިވޭގައި ބާރު ސްޕީޑްގައި އޯވަރޓޭކް ކުރަން އުޅުނު ސައިކަލުތަކާ ބަހެއް އެކްސިޑެންޓެ ވެއްޖެ

Author
ހުސައިން
10 ސެޕްޓެމްބަރ 2025 11:42
0

ރޭގަނޑު ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ 09:36 ގައި ބާރު ސްޕީޑްގައި ދުއްވަމުން ދިޔަ ސައިކަލެއް، އެހެން ސައިކަލަކާއި ބަހެއްގެ ދެމެދުން އޯވަރޓޭކް ކުރަން މަސައްކަތް ކުރުމުގެ ތެރޭގައެވެ.

ފުލުހުން ދިން މައުލޫމާތުގައި ބުނެފައިވާ ގޮތުން، އޯވަރޓޭކް ކުރަން އުޅުނު ސައިކަލު ކުރިމަތީގައި ދުއްވަމުން އައި ސައިކަލުގައި ޖެހުމުން، އެ ސައިކަލު ބަހުގެ މެދެއްހާ ހިސާބުން ބަހުގެ ދަށަށް ވެއްޓިފައިވެއެވެ. އަދި ބާރު ސްޕީޑްގައި ދުއްވި ސައިކަލު، މަގުގެ އެއް ފަރާތުގައި މަޑުކޮށްގެން ހުރި ބްރިޖް ޕެޓްރޯލް ބީޓްގެ ސައިކަލަކާ ގުޅިފައިވާ ކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

މި އެކްސިޑެންޓްގައި އޯވަރ ސްޕީޑްކުރި ސައިކަލު ދުއްވި މީހާއަށާއި، އޭނާގެ ފަހަތުގައި އިން 15 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ދެ މީހުންނަށް ވެސް ލިބިފައިވަނީ ކުޑަ އަނިޔާތަކެއް ކަމަށާއި، ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ.

މިހާރު ބާރު ސްޕީޑްގައި ދުއްވި ސައިކަލު ޓޯވކޮށްގެން މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ހައިވޭގައި މިފަދަ ހާދިސާތައް ތަކުރާރުވަމުން އަންނާތީ، ސައިކަލު ދުއްވާ ފަރާތްތަކުން ޓްރެފިކް ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ރައްކާތެރި ސްޕީޑެއްގައި ދުއްވުމަށް ފުލުހުން އަބަދުވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.