ކޯވިޑް-19: އިތުރު 37 މީހަކު ޕޮޒިޓިވް ވެއްޖެ

ކޯވިޑް-19: އިތުރު 37 މީހަކު ޕޮޒިޓިވް ވެއްޖެ

Author
މުޙައްމަދު ޝަޒައިމް
06 ޖެނުއަރީ 2021 10:01
0

ރާއްޖެއިން އިތުރު 37 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދު ޕޮޒިޓިވްވި 37 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 26 މީހުންނާއި، އަތޮޅުތެރޭގެ ރައްތަކާއި ރިސޯޓުތަކުން 11 މީހުންނެވެ.

މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 13،967 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 8 މީހުންނެވެ. މިއަދަދާއެކު ޖުމްލަ 13،225 މީހުން މިހާތަނަށް ބަލިން ވަނީ ރަނގަޅުވެފައެވެ. ރާއްޖޭގައި މިހާރު އެކްޓިވް ކޭސް ނުވަތަ ބައްޔަށް ފަރުވާ ދެމުން އަންނަ މީހުންގެ ޢަދަދު ވަނީ 687 އަށް އިތުރު ވެފައެވެ.

ކޯވިޑް ބަލީގެ ސަބަބުން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުން ގެންދަނީ 40 ބަލިމީހަކަށެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބައްޔަށް ޓެސްޓްކުރުމަށް ނެގި 2،444 ސާމްޕަލައެކު މިހާތަނަށް ޖުމްލަ 331،167 ސާމްޕަލެއް ވަނީ ނަގާފައެވެ. މިހާތަނަށް މިބަލީގައި 48 މީހަކު ވަނީ ރާއްޖެއިން ނިޔާވެފައެވެ. އެއީ 40 ދިވެހިންނާއި 8 ބިދޭސީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.