މެއި/ޖޫން ގައި ބާއްވާ ކެމްބްރިޖް އަދި އެޑެކްސެލް ގެ އިމްތިހާނުތައް ރާއްޖޭގައި ކުރިއަށްދާނެ

މެއި/ޖޫން ގައި ބާއްވާ ކެމްބްރިޖް އަދި އެޑެކްސެލް ގެ އިމްތިހާނުތައް ރާއްޖޭގައި ކުރިއަށްދާނެ

Author
މުޙައްމަދު ޝަޒައިމް
06 ޖެނުއަރީ 2021 08:33
0

2021 ވަނަ އަހަރު މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އަދި އެޑެކްސެލް ގެ އިމްތިހާނުތައް ތާވަލުކޮށްފައިވާ ގޮތަށް ދިވެހިރާއްޖޭގައި ކުރިޔަށް ދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ކުރިންވެސް ތާވަލް ކޮށްފައިވާ ގޮތަށް މި އިމްތިހާނުތައް ރާއްޖޭގައި ބޭއްވިގެންދާނެކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިގޮތަށް ހާމަކޮށްފައިވަނީ ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ ޖީސީއެސްއީ އާއި އޭލެވެލް އިމްތިހާން ކޯވިޑް-19 އާ ގުޅިގެން މި އަހަރު ނުބާއްވަން ނިންމިކަން އިނގިރޭސި ވިލާތުން ހާމަކުރުމާއި ގުޅިގެން ބައެއް މީހުންގެ ސުވާލުތައް މީކަމުގައި ކުރިމަތިވަމުންދާތީއެވެ.

ކޯވިޑް-19 އާ ގުޅިގެން ދުނިޔޭގެ ގިނަ ސްކޫލްތައް ބަންދުކޮށްފައިވާތީ ކެމްބްރިޖް އަދި އެޑެކްސެލް ގެ އިމްތިހާނުތައް މިދިޔަ އަހަރު ވަނީ ކެންސަލް ކޮށްފައެވެ.  އެގޮތުން ކެމްބްރިޖް އައިޖީސީއެސްއީ އާއި ކެމްބްރިޖް އޯ ލެވެލް އާއި ކެމްބްރިޖް އިންޓަނޭޝަނަލް އޭއެސް އޭ ލެވެލް އަދި ކެމްބްރިޖް އޭއައިސީއީ ޑިޕްލޮމާގެ މެއި އަދި ޖޫން މަހުގެ އިމްތިހާންވެސް މިދިޔަ އަހަރު ބާއްވާފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.