ކޯވިޑްގައި ހާލުދެރަވެ، ކުރީގެ ފަނޑިޔާރު މުޖުތާޒަށް ވެންޓިލޭޓަރުގައި ފަރުވާދެނީ  

ކޯވިޑްގައި ހާލުދެރަވެ، ކުރީގެ ފަނޑިޔާރު މުޖުތާޒަށް ވެންޓިލޭޓަރުގައި ފަރުވާދެނީ  

Author
މުޙައްމަދު ޝަޒައިމް
06 ޖެނުއަރީ 2021 08:24
0

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުޖުތާޒް ފަހުމީ ކޯވިޑް-19 އަށް ޕޮޒިޓިވްވެ ހާލުކޮޅު ދެރަވެގެން ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.

ލ.އަތޮޅުގައި ދިރިއުުއްވަމުންދާ މުޖުތާޒު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން އެގުނީ ރޯގާ ޖެހިގެން ލ.ގަމު ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް ދިއުމުން ހެދި ޓެސްޓުތަކުންނެވެ.

ޚަބަރު އޮންލައިނަށް މައުލޫމާތު ދެއްވި ލ.ގަމު ހޮސްޕިޓަލުގެ ބޭފުޅަކު ވިދާޅުވީ މުޖުތާޒު ހާލުކޮޅު ސީރިއަސްވެގެން ވެންޓިލޭޓަރާއި ގުޅާފައިވަނީ މިއަދުގެ ވަގުތެއްގައިކަމަށެވެ. އަދި މިއަދު އިތުރުފަރުވާއަށް މާލެއަށް ފުރުވާލާފައިވާކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މުޖުތާޒަށް ފަރުވާދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ކޯވިޑް-19 އަށް ޚާއްސަކޮށްފައިވާ ފެސިލީގައެވެ.

މުޖުތާޒަކީ ރާއްޖޭގެ ޝަރުޢީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ވަރަށް ޤާބިލް ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.