ފ.ދަރަނބޫދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެމްޓީސީން ކުރަމުންދާ މަސައްކަތުގެ 36 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީން ހާމަކޮށްފައިވާގޮތުގައި މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ބޮޑު ހިލަ ބޭނުންކޮށްގެން 410 މީޓަރ ބޭރުތޮށި ހެދުމާއި، 196 މީޓަރ އެއްގަމު ތޮށި ހެދުން ހިމެނެއެވެ. އަދި 10 މޫރިން ބުލޮކް ލުމާއި، 10 ބަނދަރު ބައްތި ހަރުކުރުމާއި، 2 ނެރުބައްތި ހަރުކުރުން ހިމެނެއެވެ.
ފ. ދަރަނބޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 36 ޕަސެންޓް މިހާރުވަނީ ނިމިފައި. މި މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 85 ޕަސެންޓް ވަނީ ނިމިފައި. pic.twitter.com/2txsq9sGI9
— MTCC Plc (@MTCCPlc) January 6, 2021
އެމްޓީސީސީން މިއަދު އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ދަރަނބޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 36 ޕަސެންޓް ނިމި، މިމަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް އެތުރުމުގެ މަސައްކަތުގެ 85 ޕަސެންޓް ވަނީ ނިމިފައެވެ.
ތިރީސް އަށް މިލިޔަން ދުއިސައްތަ ނުވަދިހަ ހަ ހާސް ހަސަތޭކަ ނުވަދިހަ ދެ ރުފިޔާ ޙަރަދުކޮށްގެން ކުރިއަށް ގެންދަ މި މަޝްރުުއގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޯށްފައިވަނީ 397 ދުވަހުގެ ތެރޭ ނިންމުމަށެވެ. މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 27 މެއި 2020 ގައެވެ.
ކޮމެންޓު ފޮނުވާ