ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ ބަދަލު ގެނައުމުގެ މަސައްކަތް އެޓާނީ ޖެނެރަލް އޮފީހުން ފަށައިފިއެވެ.
އޭޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ވިދާޅުވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ދިމާވެފައިވާ ޤާނޫނީ ބައެއް ހުރަސްތަކަށް ޙައްލު ހޯދުމަށް ލޯކަލްކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020އަށް އިޞްލާޙުގެނައުމަށް ކަމާބެހޭ ބިލެއް ސަރުކާރުން އެކުލަވާލަމުންދާ ކަމަށެވެ. އެބިލު ވީހާވެސް އަވަހަކަށް މަޖިލީހަށް ހުށަހަޅުމުގެ މަސައްކަތްވެސް ކުރައްވަމުންދާކަމަށް ރިއްފަތު ވިދާޅުވިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ދިމާވެފައިވާ ޤާނޫނީ ބައެއް ހުރަސްތަކަށް ޙައްލު ހޯދުމަށް ލޯކަލްކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020އަށް އިޞްލާޙުގެނައުމަށް ކަމާބެހޭ ބިލެއް ސަރުކާރުން މިދަނީ އެކުލަވާލަމުން.އެބިލު ވީހާވެސް އަވަހަކަށް މަޖިލީހަށް ހުށަހަޅާނަން
— I Riffath (@ibriffath) January 6, 2021
ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ޤާނޫނީ ގޮތުން ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދައި ޤާނޫނަށް ގެންނަން ޖެހޭ އިސްލާހު ގެނައުމަށް ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވާން ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ޕާޓީން ވަނީ ނިންމާފައެވެ. ކައުންސިލް އިންތިހާބު ފަސްކުރިތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވެފައިވާއިރު އިލެކްޝަނުން މަސައްކަތްކުރަމުން އައީ މި މާޗް މަހު އިންތިހާބު ބާއްވާށެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު ފެބްރުއަރި 3 އަށް އިތުރުކުރުމުން އިލެކްޝަނުން ވަނީ މާޗް މަހުގައި ވެސް އިންތިހާބު ނުބޭއްވޭނެ ކަމަށް ބުނެފައެވެ.
ޤާނޫނަށް ގެންނަންޖެހޭ ބަދަލު ގެނެސް ލޯކަލް ކައުންސިލް އިންތިޚާބު އޭޕްރީލް މަހުގެ 3 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ކުރި ޓްވީޓެއްގައި ބުނެފައިވަނީ އިންތިޚާބު އަންނަ އޭޕްރީލް މަހުގެ 3 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާކަމަށެވެ.
ކޮމެންޓު ފޮނުވާ