ރައީސް ޔާމީން ޖަލުގައި 400 އަހަރު ބޭއްވިޔަސް އެމަނިކުފާނަށް ރައްޔިތުންގެ ހިތުގައި އޮތް ލޯތްބާއި، ތާއީދަށް ކުޑަވެސް ބަދަލެއް ނާންނާކެމަަށް އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ނުހައްގުން އަނިޔާ ދެމުންދާތާ 400 އަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މިސަރުކާރުން ޤަބޫލުކޮށްގެން ތިބީ ޖަލުގައި ބޭއްވުމުން ރައީސް ޔާމީނަށް ރައްޔިތުންގެ ހިތުގައި އޮތް ލޯތްބާއި، ތާއީދު ކުޑަވެގެންދާނެ ކަމަށެވެ.
ނަމަވެސް މިއަދު ސަރުކާރަށްވެސް އެއީ ކުށްހީއެއްކަން ކަށަވަރުވެ، ރާއްޖޭގައި ރައީސް ޔާމީން ގެނެސްދެއްވި ތަރައްޤީއާއި، ތަހުޒީބީ ފޮހެނުލެވޭނެކަން ޔަގީން ވާނެކަމަށެވެ. ރާއްޖޭގެ ރައްޔިތުންނަކީ އަބަދުވެސް ތަރައްޤީއަށް ލޯބިކުރާ ތަރައްޤީގައި ކުރިއަށް ދިއުމަށް އަބަދުވެސް ވަކާލާތުކުރާ ރައްޔިތުން ދިރިއުޅޭ ޤައުމަކަށްވާއިރު، ތަރައްޤީ ގެނެސްދެއްވާ މީހާއަށް އަނިޔާދީ ޖަލުގައި ބޭއްވުމަކީ ރާއްޖޭގެ ރައްޔިތުން ޤަބޫލު ކުރާނެކަމެއް ނޫންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. ޖަލުގައި ނުހައްގުން ރައީސް ޔާމީނަށް ދެމުންދާ އަނިޔާއަކީ ދިވެހި ރައްޔިތުންނަށް ދޭ އަނިޔާއެއްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ރައީސް ޔާމީން ޖަލުގައި އޮންނަތާ 400 ދުވަސް ވެއްޖެ. ސަރުކާރުގެ އަމާޒަކީ ރައީސް ޔާމީނަށް ލާއިންސާނީ އަނިޔާދީ، ތަރައްޤީއާއި ތަހުޒީބު ފޮހެލުން. ނަމަވެސް މި ދުވަސްތަކުގައި އެމަނިކުފާނުގެ ތާއީދާއި، ކުރެއްވި މަސައްކަތަށް ރައްޔިތުން ލޯބި ދަނީ އިތުރުވަމުން. ރައީސް ޔާމީން ނުހައްގުން ޖަލުގައި 400 އަހަރު ބޭއްވިޔަސް، ރައީސް ޔާމީންގެ ތާއީދަށް ކުޑަވެސް ބަލެއް ނާންނާނެ. ރައީސް ޔާމީންގެ އޮފް މިސަރުކާރަށް ކަޑުވައެއް ނުލެވޭނެ.
– އާދަމް ޝަރީފް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ރައީސް ޔާމީން 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާއިރު، އެމަނިކުފާނަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފު އަޑު އެހުންތައްނިމި، ހުކުމާއި ހަމައިން މަޑު ޖެހިފައިވާތާ މިހާރު ވަނީ އެތައް ދުވަހެއް ވެގެން ގޮސްފައެވެ. ނަމަވެސް އިސްތިއުފާނުގެ ހުކުމް ނުކޮށް، އިތުރު ދައުވާތަކެއްކޮށް ޝަރީއަތްތަކެއް މިހާރު ވަނީ ފަށާފައެވެ.
ރާއްޖޭގެ ޝަރުއީ ދާއިރާ މިނިވަންކަން، އަދުލު އިންސާފު ޤާއިމް ކުރުމަށް ވެރިކަމަށް އައި ފަރާތްތަކުން މިއަދު ދަނީ ޖުޑިޝަރީއަތް އަތްބާނައި، މުޅި ޖުޑިޝަރީ ހައިޖެކް ކުރަމުންކަމަށް ރައީސް ޔާމީންގެ ވަކީލުން ދަނީ ވިދާޅުވަމުންނެވެ. އަދި މިއަދު ޖުޑިޝަލް ސާވިސް ކޮމިޝަންގައި ރައީސް ނަޝީދާއި، ރައީސް ނަޝީދުގެ ޤާނޫނީ ޓީމު ތިއްބެވިހާ ދުވަހަކު ރައީސް ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ނުލިބޭނެކަމަށް ރައީސް ޔާމީންގެ ޤާނޫނީ ވަކީލުން ވަނީ ވިދާޅުވެފައެވެ. ރައީސް ޔާމީންގެ ހުކުމާއިމެދު އިދިކޮޅު ފަރާތްތަކުން ސުވާލު އުފައްދަމުންދާއިރު، އެމަނިކުފާނަށް ހުކުމް ކުރެއްވި ޤާޒީއަށްވަނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަށް ހަމަޖައްސަވާފައެވެ.
ކޮމެންޓު ފޮނުވާ