އެސްޓީއޯގެ "ބެކް ޓު ސްކޫލް" ޕްރޮމޯޝަނުން ސްކޫލް ތަކެތި ހެޔޮ އަގުގައި

އެސްޓީއޯގެ "ބެކް ޓު ސްކޫލް" ޕްރޮމޯޝަނުން ސްކޫލް ތަކެތި ހެޔޮ އަގުގައި

Author
ހުސައިން
09 އޮގަސްޓް 2025 09:22
0

ސްކޫލުތައް ބަންދަށްފަހު ހުޅުވުމާ ގުޅުވައިގެން އެސްޓީއޯއިން ސްކޫލު ކުދިންނަށް ބޭނުންވާ ތަކެތި ހެޔޮ އަގުގައި ގަންނަން ލިބޭނެ ޚާއްޞަ ޕްރޮމޯޝަނެއް އިއްޔެއިން ފަށައިފިއެވެ. މަސްދުވަހުގެ މުއްދަތަކަށް ކުރިޔަށްދާ މި ޕްރޮމޯޝަންގައި އަގުހުރި އިނާމުތަކެއް ވެސް ހިމެނެއެވެ.

މި ޕްރޮމޯޝަންގެ ދަށުން ސްކޫލު ކުދިންގެ އިންޓަވަލަށް ގެންގުޅޭ ކާބޯތަކެތި ޚާއްޞަ ޑިސްކައުންޓެއްގައި ވިއްކަމުން ގެންދާނެކަމަށް އެސްޓީއޯއިން ހާމަކުރެއެވެ. މިގޮތުން ޑެވޮންޑޭލް ކިރު ޕެކެޓްތަކާއި، ކްރޫގާ ބްރޭންޑުގެ އުފެއްދުންތަކާއި، ކުއިކްބެރީ އަދި ނަބާޓި ބްރޭންޑުގެ ބިސްކޯދު ވެސް ހިމެނެއެވެ. ޚާއްޞަކޮށް ކުއިކްބެރީގެ ޝުގާ ފްރީ ބިސްކޯދަކީ ސިއްޙަތަށް ރަނގަޅު، ކުދިންނާއި ބޮޑެތި މީހުންނަށް ވެސް ކެއުމަށް އެކަށީގެންވާ އުފެއްދުމެކެވެ.

ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކަށް އަގުހުރި އިނާމުތައް ހޯދުމުގެ ފުރުޞަތު ވެސް ލިބިގެންދާނެއެވެ. މި ބްރޭންޑުތަކުން 100 ރުފިޔާއަށްވުރެ އިތުރަށް ގަންނަވާ ކޮންމެ ކަސްޓަމަރަކަށް ކޫޕަނެއް ލިބޭނެއެވެ. ކޫޕަން ފުރިހަމަކޮށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ތިން ބާއްޖަވެރިން ހޮވާނެކަމަށް އެސްޓީއޯއިން ބުންޏެވެ.

އިނާމުގެ ގޮތުގައި ކުޑަކުދިންގެ ފިހާރަ "ޕީކަބޫ" ގެ ގިފްޓް ވައުޗަރު ލިބޭނެއެވެ. ފުރަތަމަ އިނާމުގެ ގޮތުގައި 5000 ރުފިޔާގެ ވައުޗަރާއި، ދެވަނަ އިނާމުގެ ގޮތުގައި 2500 ރުފިޔާގެ ވައުޗަރާއި، ތިންވަނަ އިނާމުގެ ގޮތުގައި 1500 ރުފިޔާގެ ވައުޗަރު ހަމަޖެހިފައިވެއެވެ.

ސްކޫލު ކުދިންނަށް ބޭނުންވާ އިންޓަވަލް ފުޅި ފަދަ އެހެނިހެން ސާމާނުތަކުން ވެސް ބޮޑެތި ޑިސްކައުންޓްތައް ލިބޭނެކަމަށާއި، ވަކި ޕްރޮޑަކްޓްތަކުން ދެ އެއްޗެއް ގަތުމުން އެއް އެއްޗެއް ހިލޭ ލިބޭ އޮފަރތައް ވެސް ހިމެނޭކަމަށް އެސްޓީއޯއިން މަޢުލޫމާތު ދެއްވައެވެ. ޕްރޮމޯޝަން ނިމުމުން ގުރުއަތުލައިގެން އިނާމުގެ ނަސީބުވެރިން ހޮވާނެކަމަށް ވެސް އެސްޓީއޯއިން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.