މޫސުން ގޯސްވެ ރ އަތޮޅުން ފެށިގެން އދ އަތޮޅަށް ޔެލޯ އެލާޓް ނެރެފި

މޫސުން ގޯސްވެ ރ އަތޮޅުން ފެށިގެން އދ އަތޮޅަށް ޔެލޯ އެލާޓް ނެރެފި

Author
މުޙައްމަދު ޝަޒައިމް
05 ޖެނުއަރީ 2021 08:26
0

ރ.އަތޮޅުން އދ.އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާރޓް ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިރޭ 20:30 އިން 23:30 އާއި ދެމެދުގެ ވަގުތުތަކުގައި މިއަތޮޅުތަކަށް ބޯކޮށްވާރޭވެހި ގުރުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. މިއީ މިއަދު އެކި ފަހަރު މަތީން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރުމަށްފަހު މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މިއަދު  ޔެލޯ އެލާޓް ނެރުނު ފުރަތަމަ ފަހަރެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފައިވަނީ ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށެވެ. އެގޮތުން ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ، އެހެން ހިސާބުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެން ވާކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.

ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެ، ކަމަށާއި، އެހެންހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވާނެކަމަށް ލަފާކުރާއިރު، ވިލާގަނޑުގައި ހުރިހައި ހިސާބަކަށްވެސް ކަނޑުތައް ގަދަ ވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި ރާޅުގެ އިސްމިނުގައި 3 ފޫޓާއި، 5 ފޫޓާއި ދެމެދު ހުންނާނެކަމަށެވެ.

މިދުވަސްވަރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް މޫސުން ގޯސްވެ ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވައިގަދަވެ އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީވެ ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.