އިންތިޚާބު ނުބާއްވަން އުޅެނީ ގަދަބާރުން ރައްޔިތުންގެ މައްޗަށް ވެރިކަންކުރަން: ޑރ.ޖަމީލް

އިންތިޚާބު ނުބާއްވަން އުޅެނީ ގަދަބާރުން ރައްޔިތުންގެ މައްޗަށް ވެރިކަންކުރަން: ޑރ.ޖަމީލް

Author
މުޙައްމަދު ޝަޒައިމް
05 ޖެނުއަރީ 2021 07:19
0

ކައުންސިލް އިންތިޚާބު ނުބާއްވަން އުޅެނީ ގަދަބާރުން ރައްޔިތުންގެ މައްޗަށް ވެރިކަންކުރުމަށް ކަމުގައި ކުރީގެ ނާއިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތާއި މަތިކޮށް ކައުންސިލް އިންތިޚާބު ނުބޭއްވުމަށް ދައްކަމުންދާ ބަހަނާތަކާއި ގުޅިގެން ޑރ.ޖަމީލް ވިދާޅުވީ ކައުންސިލް އިންތިޚާބު ނުބޭއްވުމަށް މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ބާރުދޫކޮށް، ލާމަރުކަޒީ ނިޒާމަކުން ރާއްޖެ ހިންގުމަށް ފުރުސަތު ދޭން ޖެހިދާނެތީކަމަށެވެ. ސަރުކާރުގެ އަމާޒު ހުރީ ބާރުތައް ދޫކޮށްލުމުގެ ބަދަލުގައި ބާރުތައް ވަކި ދިމާލަކަށް ޖަމާކޮށް، ގަދަބާރުން ވެރިކަން ކުރުމަށް ކަމުގައި ޑރ.ޖަމީލް ވިދާޅުވިއެވެ.

މިއަދު ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް އެޤައުމެއްގެ އެތެރޭގެ އިންތިޚާބުތައް ބާއްވަން ޖާގަދީ އިންތިޚާބުތައް ބާއްވަމުންދާއިރު، ރާއްޖޭގައި މިކަމަށް ދެކޮޅު ހަދަމުންދަނީ ނަމުގައި އިންތިޚާބުތަކަށް އެންމެ ބޭނުންވާ މީހުންކަމަށް ޖަމީލް ވިދާޅުވިއެވެ. މިއަދު ވޯޓަކާއި ކުރިމަތިލާން ފަސްޖެހި އިންތިޚާބު ނުބޭއްވުމަށް ކުރާ މަސައްކަތަކީ އެމްޑީޕީން ރައްޔިތުންނާއި ދެކޮޅަށް ކުރާ ބަޣާވާތެއްގެ ގޮތުގައި ޑރ.ޖަމީލް ވަނީ ސިފަ ކުރައްވާފައެވެ.

މާ ވޯޓަށް ކަމޭހިތާކަމަށް ދަޢުވާކުރި އެމްޑީޕީން މިއަދު އެކަމަށް އިންކާރު. ކައުންސިލް އިންތިޚާބު ނުބާއްވަން އުޅެނީ ގަދަބާރުން ރައްޔިތުންގެ މައްޗަށް ވެރިކަންކުރަން. ހުރިހާ ޑިމޮކްރެސީތަކުގައިވެސް އިންތިޚާބު ދަނީ ބާއްވަމުން. މިއީ އެމްޑީޕީން ރައްޔިތުންނާ ދެކޮޅަށް ކުރާ ބަޣާވާތެއް.

– ޑރ.ޖަމީލް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން އިލެކްޝަން ކޮމިޝަނުން ތިނަ ފަހަރެއްގެ މަތީން ދިން ތާރީހުގައިވެސް އިންތިޚާބު ނުބޭއްވި ދަނީ ފަސްވެފައެވެ. އިންތިޚާބު ނުބޭއްވޭނެކަމަށް އިލެކްޝަން ކޮމިޝަނުން ބުނަމުންދަނީ ރާއްޖޭގައި އިއުލާން ކޮށްފައިވާ ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެންނެވެ. ނަމަވެސް ޤާނޫނީ ބޭފުޅުން ވިދާޅުވަމުންދަނީ ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު ކުރިމަތި ވެފައި އޮތްނަމަވެސް އިންތިޚާބު ބޭއްވުމަށް ޤާނޫނު އަސާސީ ހުރަހެއް ނާޅާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.