ވެލާނާ އެއާޕޯޓްގެ ޑްރޯން ޝޯގައި ޑްރޯންތައް ވެއްޓުނު މައްސަލައިގެ ތަހުގީގު ފުލުހުން ފަށައިފި

ވެލާނާ އެއާޕޯޓްގެ ޑްރޯން ޝޯގައި ޑްރޯންތައް ވެއްޓުނު މައްސަލައިގެ ތަހުގީގު ފުލުހުން ފަށައިފި

Author
ހުސައިން
01 އޮގަސްޓް 2025 10:12
0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބޭއްވި ޑްރޯން ޝޯގައި ބޭނުންކުރި ޑްރޯންތައް ވެއްޓުނު މައްސަލަ ފުލުހުން ތަޙުގީގު ކުރަން ފަށައިފި އެވެ. މި މައްސަލަ ފުލުހުންނަށް ހުށަހެޅީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވިއަން އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިންނެވެ.

ރާއްޖޭގެ ތާރީހުގައި ބޭއްވި އެންމެ ބޮޑު ހަވާ އެރުވުމުގެ ހަރަކާތުގައި 1،000 އެއްހާ ޑްރޯން ބޭނުންކޮށްގެން ރާއްޖޭގެ މިނިވަންކަމާއި ވެލާނާ އެއާޕޯޓުގެ ދިގު ތާރީހު ދައްކައިދޭ މަންޒަރުތައް ދައްކާލާފައިވެ އެވެ. އެހެންނަމަވެސް، ޝޯ ކުރިއަށް ދަނިކޮށް، އޭގައި ބޭނުން ކުރި ބައެއް ޑްރޯންތައް ވަނީ ރަންވޭ އާއި އެއާޕޯޓުގެ އެކި ސަރަހައްދުތަކަށް ވެއްޓިފަ އެވެ.

ފުލުހުން ބުނީ، މައްސަލަ ތަޙުގީގު ކުރަމުން އަންނައިރު، ތަޙުގީގު ކުރިއަށްދާ މިންވަރަކުން އެކަމާ ގުޅޭ އެކި ފަރާތްތަކާ ސުވާލުކޮށް، އިތުރު މައުލޫމާތުތައް ހޯދަމުންދާނެ ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމުވި، ފުލުހުންނަށް އެމްއޭސީއެލް އިން ފޮނުވި ސިޓީގައިވާ ގޮތުން، މި ހާދިސާގެ ސަބަބުން ޑްރޯން ޝޯ އޮޕަރޭޓްކުރި ފަރާތަށާއި އެމްއޭސީއެލަށް ވެސް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާކަމަށް ބަޔާންކޮށްފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.