ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ފަރާތްތަކަށް މިއަދުންފެށިގެން އިތުރަށް ޑޮލަރު ލިބެން ފަށާނެ

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ފަރާތްތަކަށް މިއަދުންފެށިގެން އިތުރަށް ޑޮލަރު ލިބެން ފަށާނެ

Author
ހުސައިން
01 އޮގަސްޓް 2025 10:38
0

ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ މީހުންނަށް ޑޮލަރު ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން އައު ސިޔާސަތަށް މިއަދުވެސް ފެށިގެން އަމަލުކުރަން ފަށައިފިއެވެ. މި ސިޔާސަތުގެ ދަށުން މިއަދުން ފެށިގެން އެންސްޕާގެ ބަލިމީހުންނަށް ވެސް ބޭންކުތަކުން 2000 ޑޮލަރާ ހަމައަށް ލިބޭނެއެވެ. މިހާތަނަށް މި ޚިދުމަތް ލިބެމުން އައީ އާސަންދަ ބަލިމީހުންނަށް އެކަންޏެވެ.

އަމިއްލަ ޚަރަދުގައި ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ ފަރާތްތަކަށް މިއަދުން ފެށިގެން 1000 ޑޮލަރު ލިބޭނެ ކަމަށް ވެސް ސަރުކާރުން ނިންމާފައިވެއެވެ. މީގެ ކުރިން އަމިއްލަ ޚަރަދުގައި ފަރުވާއަށް ދާ މީހުންނަށް ބީއެމްއެލް މެދުވެރިކޮށް ލިބެނީ ހަމައެކަނި ޓިކެޓަށް ދޫކުރާ 500 ޑޮލަރެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އިންޓަނެޓް ބޭންކިން ނުވަތަ މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ބޭނުންވާ ލިޔެކިޔުންތަކާއެކު ޑޮލަރު ހޯދުމަށް ރިކުއެސްޓް ހުށަހެޅޭނެ ކަމަށެވެ. ޑޮލަރު ދޫކުރާނެ އުސޫލުތައް ކަނޑައަޅާނީ ކޮންމެ ބޭންކަކުން ވަކިވަކިންނެވެ.

މި ބަދަލުތަކާއެކު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މީހުން ކަޅުބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން ޖެހޭ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ. މި ސިޔާސަތަކީ ޞިއްޙީ ޚިދުމަތް ހޯދުމަށް ރާއްޖެއިން ބޭރަށް ދާންޖެހޭ ފަރާތްތަކަށް މާލީ ގޮތުން ލުއިފަސޭހަ ކޮށްދިނުމަށް ސަރުކާރުން އަޅާ މުހިންމު ފިޔަވަޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.