މިސަރުކާރުގެ ބޭނުމަކީ ރާއްޖޭގެ އިސްލާމީ ހުރިހާ ބިނާތަކެއް ނެތިކޮށް، ފުޑުފުޑު ކޮށްލުން: ސަލީމް

މިސަރުކާރުގެ ބޭނުމަކީ ރާއްޖޭގެ އިސްލާމީ ހުރިހާ ބިނާތަކެއް ނެތިކޮށް، ފުޑުފުޑު ކޮށްލުން: ސަލީމް

Author
މުޙައްމަދު ޝަޒައިމް
05 ޖެނުއަރީ 2021 02:06
0

މިސަރުކާރުގެ ބޭނުމަކީ ރާއްޖޭގެ އިސްލާމީ ހުރިހާ ބިނާތަކެއް ނެތިކޮށް ފުޑުފުށުކޮށްލުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހުރި އެންމެ ބޮޑު މިސްމިކް ނުވަތަ އިސްލާމީ ބިނާ "އިސްލާމީ މަރުކަޒު" ވިރާނާވެ ނުބެހެލެހެއްޓޭތީ އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު ފަޅުކޮށްފައިވަނިކޮށް އެތަން މަރާމާތު ކުރާކަމަށް އިސްލާމިކް މިނިސްޓްރީިން ހާމަކުރުމާއި ގުޅިގެން ސަލީމް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ރާއްޖޭގެ އިސްލާމީ ޝަޚުޝިއްޔަތު ދައްކުވައިދޭ ހުރިހާ ބިނާ ތަކެއް ނެތިކޮށްލާ ފުޑުފުޑު ކޮށްލުމަށްކަމަށެވެ. ރާއްޖޭގައި ހުރި ޒަމާންވީ އިސްލާމީ ތަރިކަތަށް ބެލެހެއްޓުމުގެ ބަދަލުގައި އެތަންތަނަށް ވާންގޮތެއް ވާން ދޫކޮށްލައިގެން ތިބިކަމީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށް ސަލީމް ވިދާޅުވިއެވެ.

މިސަރުކާރުގެ ބޭނުމަކީ ރާއްޖޭގެ އިސްލާމީ ޝަޚުޝިއްޔަތު ދައްކުވައިދޭ ހުރިހާ ބިނާ ތަކެއް ނެތިކޮށްލާ ފުޑުފުށުކޮށްލުން.

– ސަލީމް ވިދާޅުވިއެވެ.

އިސްލާމީ މަރުކަޒުގެ ބައެއް ފޮޓޯތަކާއިއެކު ވައްޑެ ކުރައްވާފައިވާ ޓްވީޓުގައި މިމަހުގެ 3 ވަނަ ދުވަހު ވިދާޅުވެފައިވަނީ މި ތަނަކީ ރައީސް މައުމޫންގެ ވެރިކަމުގެ ކުރީކޮޅުން ފެށިގެން މިއަދާއި ހަމައަށް ވަރަށް ލޯބިން ބަލަހައްޓަމުންދިޔަ ދިވެހިންގެ އެންމެބޮޑު އިސްލާމީ ބިނާކަމުގައެވެ. ނަމަވެސް މިއަދު މިތަން ނުބެލެހެއްޓި ވީރާނާވަމުންދާ ކަމީ ކަންބޮޑުވާކަމެއްކަމަށާއި، މިތަން ރަނގަޅަށް ބަލެހެއްޓުމަކީ އިސްލާމިކް މިނިސްޓްރީން ކުރަންޖެހޭ ވަރަށް މުހިންމު ކަމެއްކަމުގައެވެ.

އިސްލާމީ މަރުކަޒަކީ، މާލޭގެ މަލަމަތިން ފެންނަ ރާއްޖޭގެ އިސްލާމީވަންތަކަމާއި، ޤައުމިއްޔަތު ދައްކުވައިދޭ ބިނާއެކެވެ. އިސްލާމީ މަރުކަޒު އިމާރާތަކީ ރައީސް މައުމޫންގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން އެންމެ ފުރަތަމަ ބިނާކުރެއްވި އިމާރާތެވެ. އިސްލާމީ މަރުކަޒު ހުޅުވީ 1984 ވަނަ އަހަރު އެވެ. އިސްލާމިކް މިނިސްޓްރީ ވެސް ހުންނަނީ އިސްލާމީ މަރުކަޒުގެ އިމާރާތުގައެވެ.

އިސްލާމީ މަރުކަޒު ބަލެހެއްޓުމަކީ ކޮންމެ ސަރުކާރަކުންވެސް ވަރަށް އިސްކަން ދީގެން ކޮށްފައިވާކަމެކެވެ. ޚާއްސަކޮށް ނިމިދިޔަ ވެރިކަމުގައި ވަނީ މުޅި މިސްކިތުގެ ބޭރުގައި މުށި ޖަހައި، މިސްކިތުގެ ޖާގަ ތަނަވަސްކޮށް، އެސަރަހައްދުގެ މަލަމައްޗަށް ބޮޑު ބަދަލެއް ގެނެސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.