ށ.ފޭދޫ ލަފާފުރުމަށް ދިމަވެފައިވާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތައް ހައްލެއް ގެނައުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.
ށ. ފޭދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، މިއަދު ވަނީ އެމްޓީސީސީގެ ޓީމާއި މެޝިނަރީ ވަނީ ޕްރޮޖެކްޓް ސައިޓަށް މޮބިލައިޒްކޮށްފައއެވެ.
ށ. ފޭދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، 05 ޖެނުއަރީ 2021 ވަނަ ދުވަހު، އަޅުގަނޑުމެންގެ ޓީމާއި މެޝިނަރީ ވަނީ ޕްރޮޖެކްޓް ސައިޓަށް މޮބިލައިޒްކޮށްފައި. މި މަޝްރޫޢަކީ 33.1 މިލިއަން ރުފިޔާގެ މަޝްރޫޢެއް. pic.twitter.com/USXOfhKqPB
— MTCC Plc (@MTCCPlc) January 5, 2021
ށ.ފޭދޫގައި ކުރިއަށްގެންދާ މި މަސައްކަތަކީ ރަށުގެ ބަނދަރަށް ޖާގަ އިތުރުކުރުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. މިމަސައްކަތުގެ ދަށުން އެރަށު ބަނދަރަށް 380 ފޫޓު އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ނެރާއި، ބަނދަރު ފުންކުރުމުގެ މަސައްކަތަށް 27500 ކިއުބިކް މީޓަރުގެ ސަރަޙައްދު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރަށް 378 މިޓަރުގެ ބޭރު ތޮއްޓެއްލުމާއި 90 މީޓަރުގެ ސަރަޙައްދުގައި ރިވެޓްމަންޓް ޖެހުމަށްވަނީ ހިމަނާފައެވެ.
މި މަޝްރޫޢަކީ 33.1 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ކޮމެންޓު ފޮނުވާ