މަޤާމު ގެއްލި ދާނޭކަމުގެ ބިރަށް ފިރުޢައުނު ވެސް ޅަ ފިރިހެންކުދިން ޤަތުލުކުރި: ޑރ.ޝަހީމް

މަޤާމު ގެއްލި ދާނޭކަމުގެ ބިރަށް ފިރުޢައުނު ވެސް ޅަ ފިރިހެންކުދިން ޤަތުލުކުރި: ޑރ.ޝަހީމް

Author
މުޙައްމަދު ޝަޒައިމް
05 ޖެނުއަރީ 2021 11:59
0

އަމިއްލަ މަޤާމު ގެއްލި ދާނޭކަމުގެ ބިރަށް ފިރުޢައުނު ވެސް ޅަ ފިރިހެންކުދިން ޤަތުލުކުރިކަށް ވިދާޅުވެ ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދުގެ ރައްދެއް ދެއްވައިފިއެވެ.

ޑރ.ޝަހީމްގެ ރައްދު ވަކި ބަޔަކަށް އަމާޒު ނުވާގޮތަށް ކޮށްފައިވާ ޓްވީޓުގައި ބުނެފައިވަނީ މަޤާމުގެ ދަހި ވެތިކަމުގައި ކިތަންމެ ކަންތައްތަކެއް ކުރި ނަމަވެސް ޤުދުރަތުގެ ފައިސަލާގެ އިންސާފުވެރި ތަދުބީރު މަވަރުގަދަ ވެފައި މަތިވެރިވާނެކަމަށެވެ.

އަމިއްލަ މަޤާމު ގެއްލި ދާނޭކަމުގެ ބިރަށް ފިރުޢައުނު ވެސް ޅަ ފިރިހެންކުދިން ޤަތުލުކުރި. ނަމަވެސް ޤުދުރަތުގެ ފައިސަލާ ގެ އިންޞާފުވެރި ތަދުބީރު މާ ވަރުގަދަވެފައި މަތިވެރި.

– ޑރ.ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމް މިޓުވީޓުގެ ކުރިން ކުރައްވާފައިވާ ޓުވީޓުތަކުގައި ވަނީ އަދާލަތު ޕާޓީން އަންހެންނަށް އޮތް ފުރުސަތުތައް ބަންދު ކުރާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޑރ. ޝަހީމް ވިދާޅުވީ އިސްލާމީ އުންމަތުގެ ތާރީޚުގެ އެކި މަރުޙަލާތަކަށް ބަލާއިރު ޢިލްމީ، އިޖްތިމާޢީ، އިޤުތިޞާދީ، ޞިއްޙީ، ތަފާތު ދާއިރާތަކުން އަންހެން ކަނބަލުންގެ ޚިދުމަތް ފެނިފައިވަކަމަށެވެ. އިސްލާމީ ޙަޟާރަތު ކުރިއެރީ ދެ ޖިންސުގެ ޙިއްސާ އޮވެގެން ކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

ޤައުމު ބިނާކުރުމާއި އިސްލާމީ ޙަޟާރަތު ކުރިއެރުވުމުގައި، އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ މަގުން، ޢިލްމީ ޤާބިލް ތަޖުރިބާހުރި އަންހެންބޭފުޅުންނަށް އިންސާފުވެރި ފުރުޞަތު އޮތުމަކީ އިސްލާމީ ތަޞައްވުރުގެ ފުރިހަމަކަން ރަމްޒުކޮށްދީ ޢާލަމީ ވަންތަކަން ކަށަވަރުވާނެ ކަމެއް.

– ޑރ.ޝަހީމް ވިދާޅުވިއެވެ.

ޝަރުޢީ ތަކުލީފުތަކުގައްޔާއި ކުށްކުރުމުން ޢުޤޫބާތް ދިނުމުގައްޔާއި ހެޔޮ ޢަމަލު ކުރުމުން ސަވާބު ދެއްވުމުގައިޔާއި އިސްލާމްދީނުގެ މިފަދަ އަސާސީ މަބާދިއުތަކުގައި ދެ ޖިންސުގެ ދެމެދުގައި ތަފާތުތަކެއް އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައި ނުވާކަމަށްވެސް ޑރ.ޝަހީމް ވިދާޅުވިއެވެ. ޑރ.ޝަހީމް މިހެން ވިދާޅުވެފައިވަނީ އަދާލަތް ޕާޓީގެ ރައީސްކަމުގެ މަޤާމަށް އަންހެން ބޭފުޅަކަސް ވާދަ ނުކުރެ ގޮތަށް އޮތުމުން އެކަމުގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އަދާލަތް ޕާޓީން އަންހެނުންނަށް ފުރުސަތު ނުދޭ މައްސަލާގައި އެފުރުސަތު ހޯދުމަށް އެޕާޓީގެ އާންމު މެމްބަރުން ވަނީ އިލެކްޝަން ކޮމިޝަނަށް މައްސަލަވެސް ހުށަހަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.