އުކުޅަހު ބަޔަކު 15 ކިލޯގެ މާވަހަރެއް ހޮވައިފި

އުކުޅަހު ބަޔަކު 15 ކިލޯގެ މާވަހަރެއް ހޮވައިފި

Author
ހުސެއިން
02 ޖުލައި 2025 01:32
0

އއ.އުކުޅަހުގައި މަސްވެރިކަމަށް ނުކުމެ އުޅުނު ބަޔަކަށް ގާތްގަނޑަކަށް 15 ކިލޯގްރާމްގެ ބަރުދަނެއް ހުރި މާވަހަރެއް ފެނިއްޖެއެވެ. މި މާވަހަރު ފެނިފައިވަނީ ކުރަމަތި ރިސޯޓާއި ތޮއްޑޫއާއި ދެމެދުގައިވާ "ފަރުކޮޅު" ނަމުގައި މަޝްހޫރުވެފައިވާ ސަރަހައްދުންނެއެވެ.

މި މާވަހަރު ފެނުނު މީހުންގެ ތެރެއިން އުކުޅަހަށް ނިސްބަތްވާ އަލީ ޝަހީމް ހަސަން، މަޝްހޫރު ނަމުން ކެންޓޭ ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، މާވަހަރު ފެނުނީ އެމީހުން މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ކުރަމައްޗާ ކައިރިން ކަމަށެވެ.

ފުރަތަމަ މި އެއްޗަކީ ހުދަންބަރެއް ކަމަށް ޤަބޫލުކުރި ނަމަވެސް، ފަހުން ބެލިބެލުމުން މާވަހަރެއްކަން ޔަޤީންވެފައިވާ ކަމަށް ކެންޓޭ ހާމަކުރެއްވިއެވެ. މި މާވަހަރުގެ ބަރުދަނަކީ 12 ކިލޯގްރާމާއި 15 ކިލޯގްރާމާ ދެމެދުގެ ބަރުދަނެއް ކަމަށް އަންދާޒާ ކުރެވެއެވެ.

މިހާރު މި މާވަހަރެއްކަން ޔަޤީންކުރުމަށްޓަކައި ކުރަންޖެހޭ ޓެސްޓްތައް ހެދުމަށް ރާއްޖޭގައި މިކަން ކުރާ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ކެންޓޭ ވިދާޅުވިއެވެ. މާވަހަރަކީ ދިވެހިރާއްޖޭގެ ކަނޑުތަކުގައި މަދުން ފެންނަ ބާވަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.