އަތުލައިގަތް މިޔަރު އުރަހަ ޑިކްލެއާކުރީ އެންޒީއަކުން ނޫން: ކަސްޓަމްސް

އަތުލައިގަތް މިޔަރު އުރަހަ ޑިކްލެއާކުރީ އެންޒީއަކުން ނޫން: ކަސްޓަމްސް

Author
މުޙައްމަދު ޝަޒައިމް
04 ޖެނުއަރީ 2021 09:01
0

ރާއްޖެއިން ބޭރު ކުރަން އުޅުނު 429 ކިލޯގެ މިޔަރު އުރަހަ ބަންދުކޮށްފައި ހުރީ އެންޒީގެ ފޮށިގަނޑު ތަކެއްގައި ނަމަވެސް، މިޝިޕްމަންޓް އެކްސްޕޯޓް ކުރަން ކަސްޓަމްސްއަށް ޑިކްލެއަރކޮށްފައިވަނީ އެންޒީ އިން ނޫން ކަމަށް ކަސްޓަމްސް އިން ވިދާޅުވެއްޖެއެވެ.

ކަސްޓަމުން ބުނީ 21 ގަނޑު ފޮށީގައި ބަންދު ކޮށްގެން ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 429 ކިލޯގެ މިޔަރު އުރަހަ އަތުލައިގަތީ ކަސްޓަމްސާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް ގުޅިގެން ކަމަށެވެ. އަދި މި މައްސަލަ މިހާރު އިތުރަށް ތަހުގީގުކުރަމުން ގެންދާކަމަށްވެސް ކަސްޓަމުން ބުނެއެވެ.

ކަސްޓަމްސް އިން މިހެން ވިދާޅުވީ މިޔަރު އުރަހަތަައް އަތުލައިގަތްކަން ހާމަކޮށް ކަސްޓަމްސް އިން ފުރަތަމަ އާއްމުކުރި ފޮޓޯތަކުގައި އެންޒީގެ ލޯގޯ ހުރިނަމަވެސް ފަހުން އެޓްވީޓް ޑިލީޓްކޮށް އާފޮޓޯތަކެއް އާއްމު ކުރުމުން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. އެންޒީ އަކީ ރާއްޖޭގައި މިހާރު މަހުގެ ތަފާތު ބާވަތްތައް އުފައްދާ އެންމެ ފުޅާދާއިރާއެއްގައި ރާއްޖެ އިން ބޭރުކުރާ އެއްކުންފުންޏެވެ.

ކަސްޓްމްސް އިން އެ ފޮޓޯތައް ޑިލީޓް ކުރުމަށްފަހު ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ ރާއްޖެއިން އެކްސްޕޯޓް ކުރަން އުޅެނިކޮށް އަތުލައިގަނެވުނު މިޔަރު އުރަހަތައް ބަންދުކޮށްފައި ހުރީ އެންޒީގެ ފޮށިގަނޑު ތަކެއްގައި ނަމަވެސް، މިޝިޕްމަންޓް އެކްސްޕޯޓް ކުރަން ކަސްޓަމްސްއަށް ޑިކްލެއަރކޮށްފައިވަނީ އެންޒީ އިން ނޫން ކަމުގައެވެ.

ރާއްޖޭގައި ހިމާޔަތްކޮށްފައި ވާތީ މިޔަރުގެ ބާވަތްތަކަކީ އިފުމާއި ގެންގުޅުން މަނާއެއްޗެކެވެ. އަދި މިޔަރުގެ މަސްވެރިކަން ކުރުމާއި އެކްސްޕޯޓު ކުރުމަކީ ވެސް ރާއްޖޭގައި މަނާކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.