ރާއްޖޭގެ ސިޔާސީ މައިދާނުން ގިނަ ކަންތައްތަކެއް ތަޖުރިބާ ކުރެވިފައިވާ އުންމީދަކީ އެކަންކަމަށް އިޞްލާހީ ހެޔޮ ބަދަލު ތަކެއް އައުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.
ސިޔާސީ ގޮތުން ކުރިމަތިވަމުންދާ ގޮންޖެހުންތަކާއިއެކު، ސަރުކާރަށާއި، އަނާރާ ނިސްބަތްވާ އަދާލަތު ޕާޓީގެ ކުރިއަށް އޮތް އިންތިޚާބާއި ދިމާކޮށް ގިނަ ފާޑުކިޔުން ކުިރމަތި ވެފައިވާ މިދަނޑިވަޅުގައި ވަކި ބަޔަކަށް ނިސްބަތް ނުކޮށް އަނާރާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ސިޔާސީ މައިދާނުގައި މަސައްކަތް ކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތުގައި، ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންނެވި ކަމަށެވެ.
ސިޔާސީ ގޮތުން ލިބިވަޑައިގެންނެވި ތަޖުރިބާގެ އަލީގައި އިޞްލާހު ކުރަންޖެހޭ މުހިންމު ގިނަ ކަންތައްތަކެއް ފާހަގަކުރެވިގެން ގޮސްފައިވާކަމަށެވެ. އެކަންކަން އިސްހާލު ކުރުމަށްޓަކައި ދިރާސާޓަކެއް ކުރައްވައި، އުންމީދަކީ ޤައުމަށާއި، ރައްޔިތުންނަށް ހެޔޮ ބަދަލު ތަކެއް އައުންކަމުގައި އަނާރާ ވިދާޅުވިއެވެ.
ލިބުނުތަޖުރިބާގެ ޢަލީގައި, ރާއްޖޭގެ ސިޔާސީ މައިދާނުގަ އިޞްލާޙު ކުރަންޖެހޭ މުހިއްމު ކަންތައްތަކެއް ވާކަން ފާހަގަކުރެވުނެވެ. އެކަންކަން ދިރާސާ ކުރާނަމެވެ. އުންމީދަކީ އިޞްލާހީ ހެޔޮބަދަލުތަކެއް އައުމެވެ.
– އަނާރާ ވިދާޅުވިއެވެ.
ލިބުނުތަޖުރިބާގެ ޢަލީގައި, ރާއްޖޭގެ ސިޔާސީ މައިދާނުގަ އިޞްލާޙު ކުރަންޖެހޭ މުހިއްމު ކަންތައްތަކެއް ވާކަން ފާހަގަކުރެވުނެވެ. އެކަންކަން ދިރާސާ ކުރާނަމެވެ. އުންމީދަކީ އިޞްލާހީ ހެޔޮބަދަލުތަކެއް އައުމެވެ.
— Anara Naeem (@AnaraNaeem) January 4, 2021
އަނާރާގެ މި ޓްވީޓަށް ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން އަރީފް ކުރެއްވި ކޮމެންޓުގައި ވިދާޅުވީ މިއަދު ޤައުމު ހިނގަމުންދާ ގޮތުން ވަރަށް ގިނަ ތަޖުރިބާތަކެއް ލިބި ސަރުކާރުން ކުރަމުންދާ އަނިޔާވެރި ކަމުގެ ހިތި ތަޖުރިބާ ކުރެވެމުންދާކަމަށެވެ. ޤައުމުގައި މިއަދު ހުރި މައްސަލަތައް ހައްލު ކުރުމަށް އެންމެ ފުރަތަމަވެސް ކުރަންޖެހޭ ކަމަކީ ވެރިން އިޞްލާހު ކުރުން ކަމަށް އަރީފް ވިދާޅުވިއެވެ.
ވިސްނާލައްވާވާށެވެ. ފިކުރު ހިންގަވާށެވެ. ހުރި އަނިޔާވެރިކަމާއި ރަޙުމުކުޑަކަން ދެނެގަންނާށެވެ. އަޅުގަނޑުމެން މިތިބީ ކޮންތާކުތޯ؟ ޢަދުލު އިންސާފާއި ހަމަހަމަކަމާއި ލަދުޙަޔާތުގެ ޒައްރެއްގެ މިންވަރުވެސް ވެރީންގެ ކިބައިން ފެނިލެއްވިތޯއެވެ؟ އިސްލާޙުކުރަންވީ އިޞްލާޙުވާންވީ ވެރީންނެވެ!
– އަރީފް ވިދާޅުވިއެވެ.
ސަރުކާރު ގެނައުމަށްޓަކައި އެންމެ ބުރަ މަސައްކަތްތަކެއް ކުރެއްވި ކުރީގެ މަޖިލީހުގައި ހިމެނޭ ބައެއް މެމްބަރުން މިއަދު ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ސަރުކާރުގެ އަމަލުތައް ހުރި ގޮތުންނާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގައި ވަރަށް ބޮޑަށް އިހުމާލު ވެފައިވާކަމަށް ބުނެ މި ބޭފުޅުންގެ ނުރުހުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ