ކަނޑުތަކާބެހޭ ބައިނަލްއަގްވާމީ މަހާސިންތާއަށް ވަޒީރު ތާރިގް ފްރާންސަށް ފުރައިފި

ކަނޑުތަކާބެހޭ ބައިނަލްއަގްވާމީ މަހާސިންތާއަށް ވަޒީރު ތާރިގް ފްރާންސަށް ފުރައިފި

Author
ހުސައިން
08 ޖޫން 2025 12:02
0

ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތާރިގް އިބްރާހީމް، އދ. އިން އިންތިޒާމުކޮށްގެން ބާއްވާ ކަނޑުތަކާބެހޭ މަހާސިންތާ 2025 ގައި ބައިވެރިވުމަށް މިރޭ ފްރާންސަށް ފުރާވަޑައިގަންނަވައިފިއެވެ. މި މުހިންމު ބައިނަލްއަގްވާމީ ބައްދަލުވުން ކުރިއަށްގެންދާނީ ޖޫން 9 ވަނަ ދުވަހުން 13 ވަނަ ދުވަހުގެ ނިޔަލަށް ފްރާންސްގެ ނީސް ސިޓީގައެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިންނާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، ސައިންޓިސްޓުންނާއި، ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ފަރާތްތައް ބައިވެރިވާނެއެވެ.

މި މަހާސިންތާގެ އެންމެ މުހިންމު މަގްސަދަކީ ދުނިޔޭގެ ކަނޑުތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކޮށް، އެކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުމެވެ. މީގެ އިތުރުން، އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ 14 ވަނަ ލަނޑުދަނޑި (އެސްޑީޖީ 14) ހާސިލުކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމާއި، ދުނިޔޭގެ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތައް އަވަސްކުރުމަށް ވެސް މި ބައްދަލުވުމުގައި އިސްކަމެއް ދޭނެއެވެ.

އެސްޑީޖީ 14 އަކީ ކަނޑުތަކާއި ކަނޑުގެ ވަސީލަތްތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް އެކުލަވާލާފައިވާ ލަނޑުދަނޑިއެކެވެ. ދިވެހިރާއްޖެ އަކީ ކަނޑުގެ ވަސީލަތްތަކުގެ މައްޗަށް ބިނާވެފައިވާ ގައުމަކަށް ވާތީ، މިފަދަ ބައިނަލްއަގްވާމީ ފޯރަމްތަކުގައި ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.