އުއްތަމަ ފަނޑިޔާރު މުއުތަސިމްގެ ރިޓަޔަރމަންޓް ޕެކޭޖްއާއި ގުޅޭގޮތުން ޖޭއެސްސީން އަދިވެސް ގޮތެއް ނުނިންމާ!

އުއްތަމަ ފަނޑިޔާރު މުއުތަސިމްގެ ރިޓަޔަރމަންޓް ޕެކޭޖްއާއި ގުޅޭގޮތުން ޖޭއެސްސީން އަދިވެސް ގޮތެއް ނުނިންމާ!

Author
ހުސައިން
07 ޖޫން 2025 01:35
0

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ރިޓަޔަރ ކުރައްވަން އެދި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅުއްވާފައިވާތާ 30 ދުވަސް ފާއިތުވެފައިވި ނަމަވެސް، އެމަނިކުފާނުގެ ރިޓަޔަރމަންޓް ޕެކޭޖާ ގުޅޭގޮތުން ޖޭއެސްސީން އަދިވެސް ވަކި ގޮތެއް ނިންމާފައި ނުވާކަން އެނގިއްޖެއެވެ.

މިދިޔަ މެއި 8 ވަނަ ދުވަހު އުއްތަމަ ފަނޑިޔާރު ރިޓަޔަރ ކުރައްވަން ބޭނުންފުޅުވާ ކަން ސިޓީއަކުން ޖޭއެސްސީއަށް އަންގަވާފައިވާއިރު، އެ ކޮމިޝަނުން މިކަމާ ގުޅޭގޮތުން އަދިވެސް ރަސްމީ ގޮތެއް ނިންމާފައެއް ނުވެއެވެ. މިކަން ލަސްވަމުން އަންނަނީ ފަނޑިޔާރުންގެ ރިޓަޔަރމަންޓް ޕެކޭޖާ ބެހޭގޮތުން ސާފު އުސޫލުތަކެއް ކަނޑައެޅިފައި ނެތުމުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެހެންނަމަވެސް ޖޭއެސްސީން މިކަމާ ބެހޭގޮތުން އަދި ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.

މުއުތަސިމް އަދުނާން އަކީ ސުޕްރީމް ކޯޓުގައި ދެ ފަހަރު މަތިން ޚިދުމަތް ކުރައްވާފައިވާ ފަނޑިޔާރެކެވެ. އެމަނިކުފާނު ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓުގައި ޚިދުމަތް ކުރެއްވީ 2010 ވަނަ އަހަރުގެ އޮގަސްޓު 10 އިން 2014 ވަނަ އަހަރާ ހަމައަށެވެ. މިދިޔަ ފެބްރުއަރީ މަހު އެމަނިކުފާނު ދެއްވި އިޝާރާތްތަކުން، އަވަހަށް ރިޓަޔަރ ކުރައްވާނެ ކަން އެނގިފައިވެއެވެ.

އުއްތަމަ ފަނޑިޔާރު ރިޓަޔަރ ކުރައްވަން ނިންމެވި ވަގުތަކީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ރައްޔިތުންގެ މަޖިލީހުން ވަކިކުރި ވަގުތާ ގާތްގަނޑަކަށް ދިމާވި ވަގުތެކެވެ. ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު މަގާމުން ވަކިކުރެވުނީ ޖޭއެސްސީން ހިންގި ތަޙުގީގަކަށް ފަހުގައެވެ. މި ދެ ފަނޑިޔާރުން ވަކިކުރެވުނު ވަގުތު، އަދުލު އިންސާފުގެ ދިފާއުގައި މުއުތަސިމް އަދުނާން ވަކިފަރާތަކަށް ތެދުވެވަޑައި ނުގަންނަވާ ކަމަށް ބުނެ، އެމަނިކުފާނަށް ބައެއް ފަރާތްތަކުން ފާޑުކިޔުންތައް އަމާޒުކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.