އެންޓި ސްކޭމް ސެންޓަރު: ހަތް ދުވަހުގެ ތެރޭގައި ސްކޭމް ކޮށްގެން 6 ލައްކަ ރުފިޔާއަށް ވުރެ ގިނަ ފައިސާ ވަނީ ގެއްލިފައި

އެންޓި ސްކޭމް ސެންޓަރު: ހަތް ދުވަހުގެ ތެރޭގައި ސްކޭމް ކޮށްގެން 6 ލައްކަ ރުފިޔާއަށް ވުރެ ގިނަ ފައިސާ ވަނީ ގެއްލިފައި

Author
ހުސައިން
05 ޖޫން 2025 08:22
0

އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ ހަފުތާގެ ތެރޭގައި އޮންލައިން ސްކޭމްތަކުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ އަތުން 673,402 ރުފިޔާ ވަނީ ފޭރިގެންފައެވެ.

މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ބަލާއިރު، ޖުމްލަ 35 ސްކޭމް މައްސަލަ ސެންޓަރަށް ރިޕޯޓް ކުރެވިފައިވާ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ. މި މައްސަލަތަކުގެ ތެރޭގައި އީ-ކޮމާސް ސްކޭމްގެ 18 މައްސަލައާއި، ބޭރު ފައިސާ މާރުކުރުމުގެ ދޮގު މުޢާމަލާތުގެ 8 މައްސަލައާއި، ވިޝިން ސްކޭމްގެ 5 މައްސަލައާއި، ފިޝިން ލިންކް މެދުވެރިކޮށް ހިންގި 2 ސްކޭމް ހިމެނެއެވެ.

ނަމަވެސް، ގެއްލިފައިވާ ފައިސާގެ ތެރެއިން 142,851 ރުފިޔާ އެންޓި ސްކޭމް ސެންޓަރުގެ މަސައްކަތުން އަނބުރާ ވަނީ ހޯދާފައެވެ. ސެންޓަރުން ހާމަކުރި ގޮތުގައި، 9 މައްސަލައެއްގައި ގެއްލުނު ފައިސާ ފުރިހަމައަށް ހޯދައިދެވިފައިވާއިރު، އިތުރު 2 މައްސަލައެއްގައި ފައިސާގެ ބައެއް އަނބުރާ ލިބިފައިވެއެވެ.

ސްކޭމަރުން އެންމެ ބޮޑަށް ޓާގެޓް ކުރަނީ ފޭސްބުކް މާކެޓްޕްލޭސް ކަން ފާހަގަކޮށް، އެންޓި ސްކޭމް ސެންޓަރުން ބުނީ، މި ޕްލެޓްފޯމް މެދުވެރިކޮށް 15 ސްކޭމް މައްސަލަ ރިޕޯޓް ކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން ވައިބާ، ފޯން ކޯލް، ވޮޓްސްއެޕް، ފޭސްބުކް މެސެންޖަރ، ޓެލެގްރާމް، އިންސްޓަގްރާމް އަދި ސްނެޕްޗެޓް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްގެންވެސް ސްކޭމަރުން ދޮގު މުޢާމަލާތްތައް ހިންގާފައިވާ ކަމަށް ސެންޓަރުން އިންޒާރު ދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.