ޝައިޚް އިލިޔާސްގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

ޝައިޚް އިލިޔާސްގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

Author
މުޙައްމަދު ޝަޒައިމް
03 ޖެނުއަރީ 2021 07:46
0

ފައިލް ވެގެން އިސްތިއުފާ ދިން ފަރާތްތަކުގެ ސަފްހާ މާޒީވެއްޖެ ކަމަށާއި، ދެން އެދުވަސްތަކެއް ތަކުރާރެއް ނުވާނެކަމަށް ވިދާޅުވެ، ޝައިޚް އިލިޔާސް ހުސެއިންގެ ވަރުގަދަ ރައްދެއް ކުރީގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ދެއްވައިފިއެވެ.

ޝަރަފްވެރިކަމާއިއެކު ފުލުހުންގެ ޚިދުމަތުގައި 20 އަހަރު ޚިދުމަތް ކޮށްދެއްވުމަށްފަހު ފުލުހުންގެ ޚިދުމަތުން ރިތަޔާ ކުރެއްވި އަބްދުﷲ ފައިރޫޝްއާއި ގުޅޭގޮތުން ދެކެވެމުންދާ ވާހަތަކާއި، އަދި ފައިރޫޝް ރިޓަޔާ ކުރެއްވުން އޭނާއަށް ތަހުނިޔާކިޔައި، ޝުއޫޢޫރުތައް ފާޅުކުރުމުން އެކަން ގޯސްވެ، ރައީސް ނަޝީދާއި އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ދައްކަވަމުންދާ ވާހަތަކާއި ގުޅިގެން ޝައިޚް އިލިޔާސް ވަނީ އެވާހަތަކަށް ރައްދު ދެއްވާފައެވެ.

ޝައިޚް ވިދާޅުވީ ޝަރަފްވެރިކަމާއި އެކު ކުރަމުންދިޔަ ޚިދުމަތުން ރިޓަޔާ ކުރެއްވުމުން އެކަމަށް މަރުހަބާ ކިޔައި، އޭނާގެ ޚިދުމަތުގެ އަގު ވަޒަން ކުރުން ގޯސްވެ، މާތް ﷲ އަށް ޝިރުކުކުރާ މީހުންގެ އަޅުކަމުގެ ތަހުނިޔާ ކިޔުމަކީ ގޯސްކަމަކަށް ނުވާކަމަށެވެ. މިފަދަ މީހުންނަކީ ދުވަހަކުވެސް ޤައުމަށް ހެޔޮ އެދޭނެ ބައެއް ނޫންކަމަށާއި، މިފަދަ މީހުންނަކީ ޤައުމަށާއި، ރައްޔިތުންނަށް ފައިދާވާނެ ކަމެއްވެސް ކުރާނެ ބައެއް ނޫންކަމަށް ޝައިޚް އިލިޔާސް ވިދާޅުވިއެވެ.

ޝަރަފްވެރިކޮށް ރިޓަޔާ ކުރުމުން ތަހުނިޔާ ކިޔުން ގޯސްވެ، ﷲ އަށް ޝިރުކު ކުރާ މީހުންގެ އަޅުކަމުގެ ތަހުނިޔާ ކިޔާ ބަޔަކީ ދުވަހަކުވެސް ޤައުމަށް ހެވެއް އެދޭނެ ބައެއް ނޫންކަން ރައްޔިތުން ދަނޭ. ފައިލް ވެގެން އިސްތިއުފާ ދިން ފަރާތްތަކުގެ ސަފްހާ މާޒީވެއްޖެ، އިންޝާ ﷲ ދެން ތަކުރާރެއް ނުވާނެ.

– ޝައިޚް އިލިޔާސް ހުސެއިން ވިދާޅުވިއެވެ.

އެސިސްޓެންޓް ކަމިޝަނާ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި އަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ރިޓަޔާ ކުރެއްވުމުން އޭނާއަށް ފުލުހުން ކުރި މަޣާވާތުގެ ޝުކުރު އަދާކުރިންތޯ ރައީސް ނަޝީދުގެ ފޭކް އެކައުންޓުން ސީޕީ ހަމީދާއި ސުވާލު ކުރައްވާފައެވެ.

ފައިރޫޝްއަކީ ރައީސް ނަޝީދުގެ ވެރިކަމުގައި، އެމަނިކުފާނު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުގެ ކުރިން ހިނގައިދިޔް ކަންތައްތަކުގައި ފުލުހުންގެ ތެރެއިން ވަރަށް އިސްކޮށް އެދުވަހު ހަރަކާތްތެރިވި ބޭފުޅެކެވެ. ވެރިކަން ބަދަލުވުމަށްފަހު ރައީސް ނަޝީދުދަނީ ކެންޑިޑޭޅި ފުލުުހުންގެ މުއައްސަސާއަށާއި، ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު އިސްސަފުގައި ހަރަކާތްތެރިވި ބޭފުޅުންނަށް ނުސީދާކޮށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.

ރައީސް ނަޝީދު ފައިރޫޝްއާއި ގުޅޭގޮތުން ނުރުހުން ފާޅު ކުރައްވާފައިވާއިރު ރައީސް ޞާލިހު ވަނީ  ފައިރޫޝްގެ ހިދުމަތް ތައުރީފު ކުރައްވާ ރައީސް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ރައިރޫޝް ރިޓަޔާ ކުރައްވަން މާ އަވަސްކަމަށް ވިދާޅުވެ، ޚިދުމަތުގައި އަދިވެސް ދެމި ހުންނެވުމަށް އެދިވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.