ހަމާސްގެ އިސް ކޮމާންޑަރު މުހައްމަދު ސިންވާރު ޝަހީދު ކޮށްލާފައިވާކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޔާމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.
އިސްރާއީލުގެ ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ، މުހައްމަދު ސިންވާރު ނިޔާވީ މިމަހުގެ 21 ވަނަ ދުވަހު ޣައްޒާގެ ދެކުނުގައި ހުރި ބޭސްފިހާރައަކަށް އިސްރާއީލުގެ ސިފައިން ދިން ހަމަލާއެއްގައި ކަމަށެވެ. އޭނާ އަކީ މިދިޔަ އަހަރު އިސްރާއީލުގެ ސިފައިން ޝަހީދު ކޮށްލި ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރުގެ ބޭބެ ކަމަށްވާއިރު، ޔަހްޔާ ޝަހީދު ވުމަށްފަހު ހަމާސްގެ މިލިޓަރީ ބައިގެ ވެރިކަމަށް އައްޔަނުކުރެވުނީ އޭނާއެވެ.
ހަމާސްގެ އަލް ޤައްސާމް ބްރިގޭޑްސްގެ ވެރިކަމަށް މުހައްމަދު ސިންވާރު އައްޔަނުކުރެވުނީ، އޭނާގެ ބޭބެ ޔަހްޔާ ސިންވާރު އިސްރާއީލުގެ ސިފައިން ޝަހީދު ކޮށްލުމަށްފަހު، އެ މަޤާމު ފުރުމަށް ޓަކައެވެ. ޔަހްޔާ ސިންވާރު އަކީ ހަމާސްގެ އެންމެ އިސްވެރިޔާ ކަމަށްވާއިރު، އެ ޖަމާއަތުގެ ހަނގުރާމަވެރި ބައިގެ ކޮމާންޑަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އައީ ޔަހުޔާ އެވެ.
އިސްރާއީލުގެ ބޮޑުވަޒީރު މި ޚަބަރު ރަސްމީކޮށް އިއުލާނުކުރި ނަމަވެސް، މިހާތަނަށް ހަމާސްގެ ފަރާތުން މި ކަމާއި ގުޅޭގޮތުން އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. އަދި މުހައްމަދު ސިންވާރު ހަޤީޤަތުގައި ވެސް ޝަހީދުވިކަމެއް މިނިވަން ފަރާތްތަކުން ކަށަވަރުކޮށްދީފައި ވެސް ނުވެއެވެ.
ކޮމެންޓު ފޮނުވާ