ޓްރެފިކް އެކްސިޑެންޓެއްގައި މާބަނޑު އަންހެނަކު ނިޔާވި ހާދިސާގައި، މީހެއްގެ މައްޗަށް 10 އަހަރުފަހުން ކުށް ސާބިތުވާކަމަށް ހުކުމް ކޮށްފި

ޓްރެފިކް އެކްސިޑެންޓެއްގައި މާބަނޑު އަންހެނަކު ނިޔާވި ހާދިސާގައި، މީހެއްގެ މައްޗަށް 10 އަހަރުފަހުން ކުށް ސާބިތުވާކަމަށް ހުކުމް ކޮށްފި

Author
ހުސައިން
26 މެއި 2025 08:12
0

2015 ވަނަ އަހަރުގެ ކުރީކޮޅު މާލޭގެ މާފަންނު ކެނެރީ މަގުގައި ހިނގި ޓްރެފިކް ހާދިސާއެއްގައި މާބަނޑު އަންހެނަކު ނިޔާވި މައްސަލައިގައި، ސ. މީދޫ އިރާސްމެކުގެ އަލީ އާލިމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައިކޯޓުން އިއްޔެ ކަނޑައަޅައިފި އެވެ.

އެ ހާދިސާގައި ނިޔާވީ ހއ. ހޯރަފުށީ ގާތުގިރި އަޒްލީލާ އަލީ އެވެ. މެދު އުމުރުގެ މާބަނޑު އަންހެނަކު ކަމުގައިވާ އަޒްލީލާ ނިޔާވުމުގެ އިތުރުން، އޭނާގެ ކުޑަ ފިރިހެން ކުއްޖާއަށްވެސް އެ ހާދިސާގައި އަނިޔާތަކެއް ލިބިފައިވެ އެވެ.

ދައުލަތުން އަލީ އާލިމްގެ މައްޗަށް ކުރި ދައުވާ ކްރިމިނަލް ކޯޓުން ބެލިބެލުމުގައި އޭނާގެ މައްޗަށް ކުށް ސާބިތުވެފައި ނުވާތީ، ދައުލަތުން އެ މައްސަލަ ހައިކޯޓަށް އިސްތިއުނާފުކުރި އެވެ. ހައިކޯޓުން އެ މައްސަލަ ބަލައި، އަލީ އާލިމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް އިއްޔެ ކަނޑައަޅާފައިވީ ނަމަވެސް، އަދި އޭނާއަށް ކަނޑައަޅާ އަދަބާ ބެހޭ ގޮތުން ހުކުމެއް އިއްވާފައެއް ނުވެ އެވެ.

މި މައްސަލައިގައި ކުށް ސާބިތުވި އަލީ އާލިމަކީ ފާއިތުވި އަހަރު ގިނަ އަދަދެއްގެ ބަނގުރަލާއެކު ހައްޔަރުކުރެވިފައިވާ މީހެއް ކަމަށް ރިޕޯޓްތަކުން ދައްކައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.