ޝުޢައިބުގެ ސުވާލެއް: ފައިރޫޝްއަށް ފާޑުކިޔާއިރު، މެމްބަރުންގެ ވޯޓުދީގެން ހޯމް މިނިސްޓަރަކަށް ލާފައިވަނީ ކޮންބޭފުޅެއް؟

ޝުޢައިބުގެ ސުވާލެއް: ފައިރޫޝްއަށް ފާޑުކިޔާއިރު، މެމްބަރުންގެ ވޯޓުދީގެން ހޯމް މިނިސްޓަރަކަށް ލާފައިވަނީ ކޮންބޭފުޅެއް؟

Author
މުޙައްމަދު ޝަޒައިމް
03 ޖެނުއަރީ 2021 01:11
0

ފުލުހުންގެ ވަޒީފާއިން ފައިރޫޝް ރިޓަޔާ ކުރެއްވުމުން އެމްޑީޕީގެ މަޖިލިސް މެމްބަރުން އޭނާއަށް ފާޑުކިޔަމުންދާއިރު، އެމްޑީޕީ މެމްބަރުންގެ ސާފު އައުލަބިއްޔަތާއިއެކު ހޯމް މިނިސްޓަރަކަށް އައްޔަން ކުރައްވާފައިވަނީ ކޮން ބޭފުޅެއްތޯ އެމްޑީޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރި ޝުއައިބް އަލީ (ފުރަހަނި ޝުއައިބް) ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިޔާގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގައި ހިމެނޭ މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުން ފައިރޫޝްއަށް އަމާޒުކޮށް ކިޔަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން އާންމު މީހަކު ފާޅުކޮށްފައިވާ ޝުއޫރުތަކާއި ގުޅިގެން ޝުއައިބު ވިދާޅުވެފައިވަނީ ސީޕީ ހަމީދު ކައިރިން ރައީސް ނަޝީދު ބަޢާވާތައް ޝުކުރު އަދާކުރެއްވީތޯ ސުވާލުކޮށް، ފައިރޫޝްއަށް ފުލުހުންގެ ޝަރަފް ދެއްވުމުން އެކަމަށް ފާޑުކިޔާއިރު ހޯމް މިނިސްޓަރުގެ މަޤާމުގައި މިއަދު ހުންނެވީ ޝައިޚު އިމްރާން އަބްދުﷲ ކަމަށެވެ. އެއްޗެއް ކިޔާއިރު، ތިމާމެންނަށް ކިޔޭ ނުކިޔޭ އެއްޗެއް ސާފުވުން މާ ބުއްދި ވެރިކަމަށް ޝުއައިބު ވިދާޅުވިއެވެ.

ޝުއައިބު މިހެން ވިދާޅުވިއިރު، އޭނާ ކޮންމެޓު ކުރި އާންމު މީހަކު ކޮށްފައިވާ ޓުވީޓުގައި ބުނެފައިވަނީ ޝައިޚު އިމްރާން ހޯމް މިނިސްޓަރަކަށް އައްޔަން ކުރުމަށް މަޖިލީހުން ވޯޓުދީ ވަޒީރުކަމަށް އައްޔަން ކުރައްވާފައިވަނީ އިމްރާން ބަޣާވާތް ނުކުރައްވާތީތޯ ސުވާލު ކުރައްވާފައެވެ. އޭނާ ވަނީ މިއަދު މޫސާ ސިރާޖު ކުރެއްވި ޓުވީޓަށްވެސް ރައްދު ދީފައެވެ. އޭނާ ބުނެފައިވަނީ މިނިސްޓަރ އިމްރާނަށް ވޯޓު ދެއްވިއިރު، ބަޣާވާތުގެ މަތީން ހަދާން ނެތީތޯ ސުވާލު ކުރައްވާފައެވެ.

ފައިރޫޝް ފުލުހުންންގެ ވަޒީފާއިން ރިޓަޔާ ކުރެއްވުމުން ސީޕީ ހަމީދުވަނީ ފައިރޫޝްގެ 20 އަހަރުގެ ޚިދުމަތުގެ އަގު ވަޒަންކޮށް އޭނާއަށް ޝުކުރު އަދާކުރައްވާފައެވެ. ސީޕީގެ މި ޓުވީޓަށް ރައްދު ދެމުން، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފުވަނީ ފައިރޫޝްއަށް ކޭކު ފަޅައި، އޭނާގެ ޚިދުމަތުގެ އަގުވަޒަން ކުރުމަކީ ސީޕީ ހަމީދު ލަދު ގަންނަންޖެހޭކަމެއްކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ މަޖިލިސް ބައެއް މެމްބަރުން މިމައްސަލާގައި ފާޑުކިޔަމުންދާއިރު، ރައީސް ނަޝީދު ވެރިކަން ނިމިދިޔަ ދުވަހު އެންމެ އިސްސަފުގައި ހަރަކާތްތެރިވި ގިނަ ބޭފުޅުން މިއަދު ތިއްބެވީ މިސަރުކާރުގެ އެންމެ އިސް މަޤާމުތަކުގައާއި، ކޯލިޝަން ލީޑަރުންގެ ގޮތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.