ކުށް ކޮށްފައި އިސްތިއުފާ ދީ، ރިޓެޔާ ކޮށްގެން އަދަބުން ރެކެވިގެން ނުވާނެ: ސިރާޖް

ކުށް ކޮށްފައި އިސްތިއުފާ ދީ، ރިޓެޔާ ކޮށްގެން އަދަބުން ރެކެވިގެން ނުވާނެ: ސިރާޖް

Author
މުޙައްމަދު ޝަޒައިމް
03 ޖެނުއަރީ 2021 12:44
0

ކުށް ކޮށްފައި އިސްތިއުފާ ދީ ނުވަތަ ރިޓެޔާ ކޮށްގެން އަދަބުން ރެކެވިގެން ނުވާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

މޯލްޑިވިސް ޕޮލިސް ސަރވިސްގެ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި، ޑރ. އަބްދުﷲ ފައިރޫޝް ރިޓަޔަރ ކުރައްވުމާއި ގުޅިގެން ސިރާޖު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކުށެއް ކުރުމަށްފަހު، ތިމާ ހުރި މަޤާމުން އިސްތިއުފާ ދީ ނުވަތަ ރިޓަޔާ ކުރެއްވުމަކީ އޭނާ ކޮށްފައިވާ ކުށަކުން ބަރީޢަވާން ލިބޭ ފުރުސަތަކަށް ވެގެން ނުވާނެކަމަށެވެ.

ޚާއްސަކޮށް ފުލުހުންގެ މުއައްސަސާ ތެރޭގައި ފާއިތުވެދިޔަ ތަނުގައި، މުއައްސަސާއަށް އަންނަންޖެހޭ ހެޔޮ ބަދަލާއި ކުރިއެރުން ނައިސް ލައިސްވެފައިވަނީ ފައިރޫޝްމެންފަދަ ބޭފުޅުންގެ ސަބަބުންކަމަށް ސިރާޖު ވަނީ ތުހުމަތު ކުރައްވާފައެވެ. ފުލުހުުންގެ މުއައްސަސާއަކީ ރައްޔިތުންގެ ޚިދުމަތް ލިބޭ މުއައްސަސާއަކަށް ހެދުމަށް މިއަދު ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ސިރާޖު ވިދާޅުވިއެވެ.

ކުށް ކޮށްފައި އިސްތިއުފާ ދީ ނުވަތަ ރިޓެޔާ ކޮށްގެން އަދަބުން ރެކެވިގެން ނުވާނެ. ރައްޔިތުން އެދޭފަދަ އިތުބާރުކުރެވޭ ފުލުހުންގެ ހިދުމަތެއް ނުލިބި ލަސްމިވަނީ ފައިރޫޝް ފަދަ ފުލުހުންގެ ސަބަބުން.

– ސިރާޖު ވިދާޅުވިއެވެ.

ސިރާޖު މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުގައި ހިމެނޭ ބައެއް މެމްބަރުން ދަނީ ފައިރޫޝް ރިޓަޔާ ކުރެއްވުމާއި، ގުޅިގެން ސީޕީ ހަމީދު ދެއްކެވި ވާހަތަކަށާއި، އަމަލު ކޮށްފައިވާ ގޮތަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. ޚާއްސަކޮށް މި ފާޑުކިޔުން އަމާޒވާން ފެށިފައިވަނީ ރައީސް ނަޝީދުގެ ފޭކް އެކައުންޓުން ކުރެއްވި ޓްވީޓަކާއި ގުޅިގެންކަން ފާހަގަކޮށްލެވެއެވެ. އެ ޓުވީޓަަށްފަހު އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންގެ ތެރެއިން އެމްޑީޕީ ތެރޭގައި ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ދަނީ ސީޕީ ހަމީދު މިކަމުގައި އަމަލު ކުރެއްވި ގޮތުން ލަދު ގަންނަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

ފުލުހުންގެ ޚިދުމަތުން ފައިރޫޝް ރިޓަޔަރކުރެއްވުމާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ، ފުލުހުންގެ މުޢައްސަސާއަށް ފައިރޫޝް ކޮށްދެއްވި ޚިދުމަތަށް ޝުކުރު އަދާކުރައްވާފައެވެ. ފުލުހުންގެ ޚިދުމަތުން ޑރ. ފައިރޫޒް ރިޓަޔަރކުރެއްވިއިރު އޭނާ ހުންނެވީ ފުލުހުންގެ ހެޑް އޮފް ރިސޯސް މެނޭޖްމެންޓްގެ މަގާމުގައެވެ. މިއީ ފުލުހުންގެ ފައިނޭންސާއި އިންސާނީ ވަސީލަތްތަކާއި އިންޖިނިއަރިން އަދި މެކޭނިކަލް ސާވިސް ހިމެނޭ ޑިޕާޓްމެންޓެވެ.

ފައިރޫޝްއަކީ ރައީސް ނަޝީދުގެ ވެރިކަމުގައި، އެމަނިކުފާނު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުގެ ކުރިން ހިނގައިދިޔް ކަންތައްތަކުގައި ފުލުހުންގެ ތެރެއިން ވަރަށް އިސްކޮށް އެދުވަހު ހަރަކާތްތެރިވި ބޭފުޅެކެވެ. ވެރިކަން ބަދަލުވުމަށްފަހު ރައީސް ނަޝީދުދަނީ ކެންޑިޑޭޅި ފުލުުހުންގެ މުއައްސަސާއަށާއި، ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު އިސްސަފުގައި ހަރަކާތްތެރިވި ބޭފުޅުންނަށް ނުސީދާކޮށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.