ރާއްޖޭގައި ހުރި އެންމެ ބޮޑު މިސްމިކް ނުވަތަ އިސްލާމީ ބިނާ "އިސްލާމީ މަރުކަޒު" ވިރާނާވެ ނުބެހެލެހެއްޓޭތީ އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުޙަންމަދު ވަޙީދު (ވައްޑެ) ފާޅު ކުރައްވައިފިއެވެ.
އިސްލާމީ މަރުކަޒުގެ ބައެއް ފޮޓޯތަކާއިއެކު ވައްޑެ ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވީ މި ތަަކީ ރައީސް މައުމޫންގެ ވެރިކަމުގެ ކުރީކޮޅުން ފެށިގެން މިއަދާއި ހަމައަށް ވަރަށް ލޯބިން ބަލަހައްޓަމުންދިޔަ ދިވެހިންގެ އެންމެބޮޑު އިސްލާމީ ބިނާކަމުގައެވެ. ނަމަވެސް މިއަދު މިތަން ނުބެލެހެއްޓި ވީރާނާވަމުންދާ ކަމީ ކަންބޮޑުވާކަމެއްކަމަށާއި، މިތަން ރަނގަޅަށް ބަލެހެއްޓުމަކީ އިސްލާމިކް މިނިސްޓްރީން ކުރަންޖެހޭ ވަރަށް މުހިންމު ކަމެއްކަމުގައެވެ.
އިސްލާމީ މަރުކަޒަކީ ރައީސްމައުމޫނުގެ ވެރިކަމުގެ ކުރީކޮޅުއްސުރެ ވަރަށްލޯބިން ފަރުވާތެރިކަމާއެކު ބަލަހައްޓަމުން އަންނަ ރާއްޖޭގެ މުހިންމު ރަމްޒީ ބިނާއެއް. މިތަން ވީރާނާވަމުން އަންނަތަން ފެނުމަކީ ވަރަށް ހިތާމަވެރިކަމެއް. މިތަން ރަގަޅަށް ބަލަހައްޓައިދެއްވާ!
– ވައްޑެ ވިދާޅުވިއެވެ.
އިސްލާމީ މަރުކަޒަކީ ރައީސްމައުމޫނުގެ ވެރިކަމުގެ ކުރީކޮޅުއްސުރެ ވަރަށްލޯބިން ފަރުވާތެރިކަމާއެކު ބަލަހައްޓަމުން އަންނަ ރާއްޖޭގެ މުހިންމު ރަމްޒީ ބިނާއެއް. މިތަން ވީރާނާވަމުން އަންނަތަން ފެނުމަކީ ވަރަށް ހިތާމަވެރިކަމެއް. މިތަން ރަގަޅަށް ބަލަހައްޓައިދެއްވާ! @MVIaffairs @AhmedZahirAli pic.twitter.com/xQkmHAEhka
— Waddey (@waddey_) January 2, 2021
އިސްލާމީ މަރުކަޒަކީ، މާލޭގެ މަލަމަތިން ފެންނަ ރާއްޖޭގެ އިސްލާމީވަންތަކަމާއި، ޤައުމިއްޔަތު ދައްކުވައިދޭ ބިނާއެކެވެ. އިސްލާމީ މަރުކަޒު އިމާރާތަކީ ރައީސް މައުމޫންގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން އެންމެ ފުރަތަމަ ބިނާކުރެއްވި އިމާރާތެވެ. އިސްލާމީ މަރުކަޒު ހުޅުވީ 1984 ވަނަ އަހަރު އެވެ. އިސްލާމިކް މިނިސްޓްރީ ވެސް ހުންނަނީ އިސްލާމީ މަރުކަޒުގެ އިމާރާތުގައެވެ.
އިސްލާމީ މަރުކަޒު ބަލެހެއްޓުމަކީ ކޮންމެ ސަރުކާރަކުންވެސް ވަރަށް އިސްކަން ދީގެން ކޮށްފައިވާކަމެކެވެ. ޚާއްސަކޮށް ނިމިދިޔަ ވެރިކަމުގައި ވަނީ މުޅި މިސްކިތުގެ ބޭރުގައި މުށި ޖަހައި، މިސްކިތުގެ ޖާގަ ތަނަވަސްކޮށް، އެސަރަހައްދުގެ މަލަމައްޗަށް ބޮޑު ބަދަލެއް ގެނެސްފައެވެ.
ކޮމެންޓު ފޮނުވާ