ޒަކާތު ހައުސްއާއި އައިއައިޔޫއެމް ގުޅިގެން އިސްލާމިކް ފައިނޭންސްގެ ދާއިރާ ތަރައްގީ ކުރުމަށް އެއްބަސްވެއްޖެ

ޒަކާތު ހައުސްއާއި އައިއައިޔޫއެމް ގުޅިގެން އިސްލާމިކް ފައިނޭންސްގެ ދާއިރާ ތަރައްގީ ކުރުމަށް އެއްބަސްވެއްޖެ

Author
ހުސައިން
30 އޭޕްރިލް 2025 09:12
0

ރާއްޖޭގެ ޒަކާތު ހައުސްއާއި މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައިއައިޔޫއެމް) އާ ދެމެދު އިސްލާމީ ފައިނޭންސްގެ ދާއިރާއިން އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ އަންގާރަ ދުވަހު ޔުނިވަރސިޓީގައި ބޭއްވުނު ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ޑޮކްޓަރޭޓް ހަނދާނީ ސަނަދު ދިނުމުގެ ރަސްމިއްޔާތުގެ އަރިމަތީގައި ބޭއްވުނު ބައްދަލުވުމެއްގައެވެ.

ޒަކާތު ހައުސް ތަމްސީލުކުރައްވައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު އަދި މޯލްޑިވްސް ޒަކާތު ހައުސްގެ ޗެއަރމަން މުޙައްމަދު ޝަހީމް ޢަލީ ދައީދު މި އެއްބަސްވުމުގައި ސޮއިކުރެއްވި އިރު، އައިއައިޔޫއެމްގެ ފަރާތުން ޔުނިވަރސިޓީގެ ރެކްޓަރ ޕްރޮފެސަރ ޑރ. ޢުޘްމާން ބަކަރު ސޮއިކުރެއްވިއެވެ.

މި އެމްއޯޔޫގައި ޒަކާތާއި އިސްލާމީ އިޖްތިމާޢީ ފައިނޭންސްގެ ދާއިރާގައި އިންސާނީ ވަސީލަތްތައް ތަމްރީނުކޮށް ތަރައްޤީކުރުމަށް އެކުގައި މަސައްކަތްކުރުމުގެ އޮނިގަނޑެއް ބަޔާންކޮށްފައިވެއެވެ. މި ބައިވެރިވުމަކީ މޯލްޑިވްސް ޒަކާތު ހައުސް ވަރުގަދަކޮށް، ޤައުމީ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ފުޅާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް އެޅޭ އިސްތިރާޖީ ފިޔަވަޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.