ރައީސް މުޢިއްޒަށް އައިއައިޔޫއެމްއިން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފް އަރުވައިފި

ރައީސް މުޢިއްޒަށް އައިއައިޔޫއެމްއިން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފް އަރުވައިފި

Author
ހުސައިން
29 އޭޕްރިލް 2025 03:37
0

މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައިއައިޔޫއެމް) އިން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އޮނަރަރީ ޑޮކްޓަރޭޓެއް މިއަދު ދީފިއެވެ.

މިއަދު އެ ޔުނިވަރސިޓީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސަށް ޑޮކްޓަރ އޮފް ފިލޯސޮފީ އިން އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓްގެ ޝަރަފު އެރުވިއެވެ. މި ޝަރަފު ރައީސަށް އެރުވީ ޔުނިވަރސިޓީގެ ކޮންސްޓިޓިއުޝަނަލް ހެޑް، ޓެންކޫ އަޒީޒާ އައިމިނާ މައިމޫނާއެވެ.

އައިއައިޔޫއެމްއިން ރައީސް މުއިއްޒުއަށް މި ޝަރަފު އެރުވީ އިސްލާމީ އުޞޫލުތައް ހިފެހެއްޓުމާއި ގަވަރނަންސްގެ ދާއިރާގައި ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކޮށެވެ.

1990 ވަނަ އަހަރުން ފެށިގެން މެލޭޝިޔާގެ އިސްލާމިކް ޔުނިވަރސިޓީގައި ދިވެހި ދަރިވަރުން ކިޔަވަމުން އަންނައިރު، މިހާތަނަށް 380 އަށްވުރެ ގިނަ ދިވެހި ދަރިވަރުން އެތަނުން ދަސްވެނިވެފައިވެއެވެ. މީގެތެރޭގައި ރާއްޖޭގެ ސިޔާސީ ދާއިރާގެ ބައެއް މޫނުތައްވެސް ހިމެނެއެވެ.

ރާއްޖޭގެ ސިޔާސީ ދާއިރާގައި އުޅުއްވާ ބައެއް ފަރާތްތަކުން، އެ ޔުނިވަރސިޓީން ތަޢުލީމު ހާސިލުކޮށްފައިވާ ބޭފުޅުން، ރައީސަށް މި ޝަރަފު ނާރުވުމަށް އެދި މެލޭޝިޔާގެ ބޮޑުވަޒީރާއި ޔުނިވަރސިޓީގައި އެދިފައިވީނަމަވެސް، ޔުނިވަރސިޓީއާއި މެލޭޝިޔާ ސަރުކާރުން އެކަން ޤަބޫލުކޮށްފައިނުވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.