ސީޕީ ހަމީދު ލަދު ގަންނަންޖެހޭ: ހަސަން

ސީޕީ ހަމީދު ލަދު ގަންނަންޖެހޭ: ހަސަން

Author
މުޙައްމަދު ޝަޒައިމް
02 ޖެނުއަރީ 2021 08:45
0

އެސިސްޓެންޓް ކަމިޝަނާ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި އަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ރިޓަޔާ ކުރެއްވުމުން ކޭކުފަޅައި، ދެއްކެވި ވާހަތަކާއި ގުޅިގެން ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ލަދު ގަންނަންޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

މިއަދު ފައިރޫޝް ފުލުހުންންގެ ވަޒީފާއިން ރިޓަޔާ ކުރެއްވުމުން ސީޕީ ހަމީދުވަނީ ފައިރޫޝްގެ 20 އަހަރުގެ ޚިދުމަތުގެ އަގު ވަޒަންކޮށް އޭނާއަށް ޝުކުރު އަދާކުރައްވާފައެވެ. ސީޕީގެ މި ޓުވީޓަށް ރައްދު ދެމުން، ހަސަން ވަރަށް ކުރުކޮށް ވިދާޅުވެފައިވަނީ ސީޕީ ހަމީދު ލަދު ގަންނަންޖެހޭކަމަށެވެ.

ހަސަން މިފަދަ ޓްވީޓެއް ކުރައްވާފައިވާއިރު އެސިސްޓެންޓް ކަމިޝަނާ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި އަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ރިޓަޔާ ކުރެއްވުމުން އޭނާއަށް ފުލުހުން ކުރި ބަޣާވާތުގެ ޝުކުރު އަދާކުރިންތޯ ރައީސް ނަޝީދުގެ ފޭކް އެކައުންޓުން ސީޕީ ހަމީދާއި މިއަދުވަނީ ސުވާލު ކުރައްވާފައެވެ.

ރައީސް ނަޝީދު ގެންގުޅުއްވާ ފޭކް ޓުވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓުގައި، ސީޕީ ހަމީދު ކުރެއްވި ޓުވީޓަށް ކުރެއްވި ކޮމެންޓުގައި ވިދާޅުވީ އެސިސްޓެންޓް ކަމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ރިޓަޔާ ކުރެއްވުމުން އޭނާއަށް ފުލުހުން ކުރި ބަޢާވާތުގެ ޝުކުރުވެސް ސީޕީ އަދާކުރެއްވިންތޯއެވެ.

ފައިރޫޝްއަކީ ރައީސް ނަޝީދުގެ ވެރިކަމުގައި، އެމަނިކުފާނު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުގެ ކުރިން ހިނގައިދިޔް ކަންތައްތަކުގައި ފުލުހުންގެ ތެރެއިން ވަރަށް އިސްކޮށް އެދުވަހު ހަރަކާތްތެރިވި ބޭފުޅެކެވެ. ވެރިކަން ބަދަލުވުމަށްފަހު ރައީސް ނަޝީދުދަނީ ކެންޑިޑޭޅި ފުލުުހުންގެ މުއައްސަސާއަށާއި، ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު އިސްސަފުގައި ހަރަކާތްތެރިވި ބޭފުޅުންނަށް ނުސީދާކޮށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.

ފައިރޫޝްވަނީ 2017 ވަނަ އަހަރު ސޯޝަލް މީޑިއާގައި ސަރުކާރާއި ފުލުހުންނާ ބެހޭ ގޮތުން ނުރަނގަޅު ތަސައްވަރެއް އުފެދޭ ވާހަކަ ދައްކާ ކަމަށް ބުނެ ވޒީފާއިން ވަކިކޮށްފައެވެ. ނަމަވެސް 2018 ވަނަ ވަނަ އަހަރު ސިވިލްކޯޓުންވަނީ ފައިރޫޝް މަޤާމުން ވަކިކޮށްފައިވަނީ ޤާނޫނާއި ޚިލަފަށްކަމަށް ކަނޑައަޅައި އަލުން ވަޒީފާދޭން ހުކުމްކޮށްފައެވެ.

ފުލުހުންގެ ޚިދުމަތުން ޑރ. ފައިރޫޒް ރިޓަޔަރކުރެއްވިއިރު އޭނާ ހުންނެވީ ފުލުހުންގެ ހެޑް އޮފް ރިސޯސް މެނޭޖްމެންޓްގެ މަގާމުގައެވެ. މިއީ ފުލުހުންގެ ފައިނޭންސާއި އިންސާނީ ވަސީލަތްތަކާއި އިންޖިނިއަރިން އަދި މެކޭނިކަލް ސާވިސް ހިމެނޭ ޑިޕާޓްމެންޓެވެ. ފައިރޫޝްއަކީ އޮސްޓްރޭލިއާގެ މެކުއަރީ ޔުނިވާސިޓީން ލޯ އެންފޯސްމަންޓް އިންޓެލިޖެންސްއިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ފުލުހުންގެ ޚިދުމާއި 1998 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 12 ވަނަ ދުވަހު ގުޅިވަޑައިގަތް ފައިރޫޝް ވަނީ 20 އަހަރާއި 1 މަސްދުވަސް ހޭދަކުރައްވާފައެވެ.

ފުލުުހުންނަށް ދޭ 9 ކުލައަކާއި 6 މެޑަލް ފައިރޫޝް ހާސިލްކުރައްވާފައިވާއިރު، އޭނާ ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން ތަފާތު އެކި ތަމްރީންތައް ފުރިހަމަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބޮޑު ވަގު
ބަޣާވާތް އެނގޭނީ ހަމައެކަނި ކަލެއައަށް
ހ ހިޔަޅު
"ކެނެރީގެ" "ކެރަފާ" އުފެދުނީ ވެސް ބަޣާވާތުގެ ތެރެއަށް.އެހެންވީމާ ތިއަންނި އަށް ބަޣާވާތް އެނގޭނެ. *ފައިރޫޟަށް މަރުޙަބާ ދަންނަވަން.*ޝުކުރިއްޔާ!