ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުގެ މެމްބަރުކަމުން ހުވޭ އިސްތިއުފާ ދީފި

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުގެ މެމްބަރުކަމުން ހުވޭ އިސްތިއުފާ ދީފި

Author
ހުސައިން
25 އޭޕްރިލް 2025 11:51
0

މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ މުހައްމަދު ނިހާދު (ހުވޭ) ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ލަފާ އެރުވުމަށް އުފެއްދި ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުގެ މެންބަރުކަމުން އިއްޔެ އިސްތިއުފާ ދީފިއެވެ.

ސޯޝަލް މީޑިއާގައި ކޮންޓެންޓް ކްރިއޭޓަރެއްގެ ގޮތުގައި މަގުބޫލުކަން ހޯދާފައިވާ ހުވޭ އޭނާގެ އިންސްޓަގްރާމްގައި ބުނިގޮތުގައި އިސްތިއުފާ ދިނީ ޔުމްނު ވެއްޓު ހާދިސާއާ ގުޅިގެން ފުލުހުންގެ ތަހުގީގާމެދު ހިތްހަމަނުޖެހިގެން މުޒާހަރާކުރަމުންދާ ޒުވާނުންނާއެކު ހުރުމުގެ ގޮތުންނެވެ. މިރޭގެ މުޒާހަރާގައި ބައެއް އިސް ވެރިންގެ އިސްތިއުފާއަށް ޒުވާނުން ގޮވާލާފައިވާއިރު، ހުވޭ ބުނީ މަގާމަކަށް ބެލުމެއްނެތި އެންމެން ޖަވާބުދާރީވާންޖެހޭނެ ކަމަށެވެ.

ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑަކީ ޑިސެމްބަރު 2023 ގައި އުފެއްދި 15 މެންބަރުންގެ ބޯޑެކެވެ. މި ބޯޑުގެ މަގުސަދަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ޒުވާނުންގެ ޚިޔާލާއި މަޝްވަރާ ހޯދުމާއި، ޒުވާނުން ކުރިއެރުމަށް ހުރި ހުރަސްތައް ދެނެގަނެ ހައްލުކުރުމަށް ރައީސަށް ލަފާ އެރުވުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.