ބޯހިޔާވަހިކަމުގެ ފުރުސަތު ކައިވެނި ނުކުރާ ޒުވާނުންނަށްވެސް ލިބޭނެ: ރައީސް

ބޯހިޔާވަހިކަމުގެ ފުރުސަތު ކައިވެނި ނުކުރާ ޒުވާނުންނަށްވެސް ލިބޭނެ: ރައީސް

Author
ހުސައިން
23 އޭޕްރިލް 2025 08:12
0

ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން ކައިވެނި ނުކުރާ ޒުވާނުންނަށްވެސް ފުރުސަތު ލިބޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ "ދެނޯ" ގެ ނަމުގައި ފެށި ޕޮޑްކާސްޓަކަށް ދެއްވި އިންޓަވިއުއެއްގައެވެ. ރައީސް ވިދާޅުވީ ބޯހިޔާވަހިކަމަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ބޭނުންތެރި ކަމެއް ކަމަށާއި، ޚާއްޞަކޮށް މާލެ ފަދަ ތޮއްޖެހިފައިވާ ތަންތަނުގައި އެކަމުގެ ބޭނުން ބޮޑުވެފައިވާ ކަމަށެވެ.

"ކުރިއަށް އޮތްތާގައި ހައުސިން ޕްރޮޖެކްޓްތައް ފެށުނީމަ ޒުވާން ކުދިންނަށް، މެރީ ނުކޮށް ތިބޭ ކުދިންނަށް ވެސް އަދި އަލަށް މެރީ ކުރާ ކުއްޖާއަށް ވެސް ޚާއްސަ ވާނެ، ފުރުސަތުތަކެއް ދޭނެ،" ރައީސް ވިދާޅުވިއެވެ.

މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ބިން އުފައްދައި، ހައުސިން މަޝްރޫޢުތައް ފަށައި އަދި ހައުސިން ލޯނު ދޫކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި ބޯހިޔާވަހިކަމުގެ މައްސަލައާ ހެދި ބައެއް ޒުވާނުން ކައިވެނި ނުކުރެވި ތިބެންޖެހޭ ކަމަށާއި، އެހެންކަމުން ހައުސިން ސްކީމްތަކުގައި އެކި ކެޓަގަރީތައް އޮންނަންޖެހޭ ކަމަށް ވިދާޅުވިއެވެ.

"އެ ވިސްނުމުގައި ކުރިއަށް އޮތް ތަނުގައި ފުރުސަތުތައް ލިބޭނެ. ހައުސިން ފުރުސަތު ލިބުނީމަ ވަރަށް ގިނަ ކަންކަން ހައްލުވޭ އަސްލު ވެސް،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މިއަހަރަކީ އެއް އަހަރެއްގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އަމަލީ ގޮތުން އެންމެ ގިނަ މަސައްކަތްތައް ހިންގޭނެ އަހަރު ކަމަށް ރައީސް މުއިއްޒު މިއަހަރުގެ ކުރީކޮޅު ވިދާޅުވެފައިވާކަމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.