ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވި ޞަލާޙުލް ބުދައިރު، އިސްލާމިކް މިނިސްޓަރާ ބައްދަލުކުރައްވައިފި

ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވި ޞަލާޙުލް ބުދައިރު، އިސްލާމިކް މިނިސްޓަރާ ބައްދަލުކުރައްވައިފި

Author
ހުސައިން
22 އޭޕްރިލް 2025 02:27
0

ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން އުޅުއްވާ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު މިއަދު ހެނދުނު އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާ ބައްދަލުކުރައްވައިފިއެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، ޝައިޚް ޞަލާޙުލް ބުދައިރު ވަނީ ވުޒާރާގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ވަޒީރު ޑރ. ޝަހީމް ވަނީ، ޝައިޚް ޞަލާޙުލް ބުދައިރަށް މަރުޙަބާ ދަންނަވައި، ވުޒާރާގެ ދަޢުވަތު ޤަބޫލުކުރައްވައި ދިވެހިރާއްޖެއަށް ވަޑައިގެން ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ދަތުރުފުޅުގެ އިންތިޒާމްތައް ހަމަޖައްސަވައިދެއްވިކަމަށްޓަކައި ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއަށާއި، ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑަންސް އަދި ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީގެ ވެރިންނަށް ޑރ. ޝަހީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޝައިޚް ޞަލާޙުލް ބުދައިރުގެ މި ދަތުރުފުޅުގައި މިއަދު ވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށްވެސް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.