ދިވެހި މިނިވަންކަމުގެ ދަންމަރު އުދަރެސްތަކަށް އުފުލައިދެނީ، ދިވެހި ސިފައިންގެ ޖޯޝާއި، ޤުރުބާނީއާއި ނުގުޑާ ޢަޒުމުން: ރައީސް

ދިވެހި މިނިވަންކަމުގެ ދަންމަރު އުދަރެސްތަކަށް އުފުލައިދެނީ، ދިވެހި ސިފައިންގެ ޖޯޝާއި، ޤުރުބާނީއާއި ނުގުޑާ ޢަޒުމުން: ރައީސް

Author
ހުސައިން
21 އޭޕްރިލް 2025 07:32
0

ދިވެހި މިނިވަންކަމުގެ ދަންމަރު އުދަރެސްތަކަށް އުފުލައިދެނީ، ދިވެހި ސިފައިންގެ ޖޯޝާއި، ޤުރުބާނީއާއި ނުގުޑާ ޢަޒުމުން ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވޫ މިއަދު ފާހަގަކުރެވެމުންދާ ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

ރައީސް މުއިއްޒުގެ އެކްސް ޕޯސްޓުގައި ވިދާޅުވީ ދިވެހީންނަށް ލިބުނު ކޮންމެ ކުރިއެރުމަކާއި ކާމިޔާބެއްގެ ސިއްރަކީ، މިނިވަން ދައުލަތެއްގެ ގޮތުގަައި މި ޤައުމު ދެމިއޮތުން ކަމުގައެވެ.

ދިވެހީންނަށް ލިބުނު ކޮންމެ ކުރިއެރުމަކާއި ކާމިޔާބެއްގެ ސިއްރަކީ، މިނިވަން ދައުލަތެއްގެ ގޮތުގަައި މި ޤައުމު ދެމިއޮތުން. ދިވެހި މިނިވަންކަމުގެ ދަންމަރު އުދަރެސްތަކަށް އުފުލައިދެނީ، ދިވެހި ސިފައިންގެ ޖޯޝާއި، ޤުރުބާނީއާއި ނުގުޑާ ޢަޒުމުން.

ރައީސްގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

މިއަދުގެ މުނާސަބަތުގައި ރައީސް ވަނީ ސިފައިންގެ މުއައްސަސާގެ ކުރީގެ އަދި މިހާރުގެ ޚިދުމަތްތެރިންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޤައުމުގެ މުސްތަޤިއްލުކަމާއި އިސްލާމްދީން ރައްކާތެރިކުރުމަށް ސިފައިން ކުރައްވާ މަސައްކަތަށް ބަރަކާތް ލެއްވުމަށް ދުޢާ ކުރައްވާފައި ވެއެވެ.

ދިވެހި ސިފައިންގެ ތާރީޚަށް ބަލާއިރު، މިއީ 1892 ވަނަ އަހަރު އުފެދުނު މުއައްސަސާއެކެވެ. މިއަދާ ހަމައަށް އައިއިރު، ޒަމާނީ ވަސީލަތްތަކާއެކު ޤައުމީ ދިފާޢީ ބާރު ވަރުގަދަކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.