އޭސީޕީ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ރިޓަޔާ ކުރައްވައިފި

އޭސީޕީ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ރިޓަޔާ ކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
02 ޖެނުއަރީ 2021 12:41
0

އެސިސްޓެންޓް ކަމިޝަނާ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި އަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ރިޓަޔާ ކުރައްވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފައިރޫޝްވަނީ ފުލުހުންގެ ވަޒީފާއިން ރިޓަޔާ ކުރެއްވުމަށް މީގެ 6 މަސް ކުރިން ސިޓީ ހުށަހަޅާފައެވެ. އޭނާ ރިޓަޔާ ކުރައްވާފައިވަނީ މިއަދުން ފެށިގެންނެވެ.

ރިޓަޔާ ކުރެއްވުމަށްފަހު ފައިރޫޝް މަސައްކަތް ކުރެއްވުމަށްޓަކައި އޮސްޓްރޭލިއަށް ދިއުމަށް ވަރަށް އަވަހަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިހާރު އާއިލާގެ މެމްބަރުންވަނީ އޮސްޓްރޭލިއާއަށް ބަދަލުކޮށްފައެވެ. ފައިރޫޝްއަކީ ފުލުހުންގެ ޚިދުމަތުގައި ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައިވާ ބޭފުޅެކެވެ. ފައިރޫޝްއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު ފަހުން ވަގުތީ ގޮތުން ފުލުހުންގެ އިދާރާއާ ހަވާލުވެ ހުންނެވި ބޭފުޅާ އެވެ.

ފައިރޫޝްވަނީ 2017 ވަނަ އަހަރު ސޯޝަލް މީޑިއާގައި ސަރުކާރާއި ފުލުހުންނާ ބެހޭ ގޮތުން ނުރަނގަޅު ތަސައްވަރެއް އުފެދޭ ވާހަކަ ދައްކާ ކަމަށް ބުނެ ވޒީފާއިން ވަކިކޮށްފައެވެ. ނަމަވެސް 2018 ވަނަ ވަނަ އަހަރު ސިވިލްކޯޓުންވަނީ ފައިރޫޝް މަޤާމުން ވަކިކޮށްފައިވަނީ ޤާނޫނާއި ޚިލަފަށްކަމަށް ކަނޑައަޅައި އަލުން ވަޒީފާދޭން ހުކުމްކޮށްފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.