ހުޅުމާލޭގައި ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި ދެ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި ދެ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

Author
ހުސައިން
18 އޭޕްރިލް 2025 10:39
0

ފާއިތުވި ރޭ ހުޅުމާލޭގައި ކުރިއަށްގެންދިޔަ ހާއްސަ ޖޮއިންޓް އޮޕަރޭޝަނެއްގައި ފުލުހުން ވަނީ މަސްތުވާތަކެއްޗާއެކު ދެ ފިރިހެނަކު ހައްޔަރުކޮށްފައެވެ. މިއަދު ފުލުހުން ހާމަކުރިގޮތުގައި މި އޮޕަރޭޝަން ބައްޓަންކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް، ހުޅުމާލޭ ސްޕެޝަލް އެންފޯސްމަންޓް ޓީމް އަދި ފޭސް 1 އިންވެސްޓިގޭޝަން ގުޅިގެންނެވެ.

ހައްޔަރުކުރެވުނު ފަރާތްތަކަކީ 28 އަހަރުގެ އެއްބަނޑު އެއްބަފާ ދެ އަޚުންކަމަށްވާ މ. އަލިހަވާ، މާލޭގެ ރާއިފް ޔޫސުފް އަދި ރާއިގް ޔޫސުފެވެ. ފުލުހުން މަޢުލޫމާތުދިން ގޮތުގައި އެ ދެ ފަރާތް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރަކާ އެކުގައި އެމީހުން ދިރިއުޅޭ ހުޅުމާލޭގެ އެޕާޓްމަންޓް ބަލައި ފާސްކުރުމަށްފަހުގައެވެ.

އެޕާޓްމަންޓް ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެކި ބާވަތްތައް އަދި ގުޅުންހުރި އެހެނިހެން ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ފްލޭވާ ފުޅިތަކަކާއި، ވީޑް ގްރައިންޑަރެއް، ވޭޕްތަކާއި، ކަޓަރެއް އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ ރަބަރު ޕެކެޓްތަކެވެ.

ފުލުހުން މި މައްސަލައިގެ ތަޙުޤީޤު މިހާރުވެސް ދަނީ ކުރިއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.