ގައުމު ދެމިއޮންނާނީ ކާބަފައިން ވާރުތަކޮށްދީފައިވާ އަގުހުރި ތަރިކަތަކާއި އާސާރުތައް ހިމާޔަތްކޮށްގެން: ރައީސް

ގައުމު ދެމިއޮންނާނީ ކާބަފައިން ވާރުތަކޮށްދީފައިވާ އަގުހުރި ތަރިކަތަކާއި އާސާރުތައް ހިމާޔަތްކޮށްގެން: ރައީސް

Author
ހުސައިން
18 އޭޕްރިލް 2025 10:37
0

ދުނިޔޭގެ ތަރިކައިގެ ދުވަހާ ގުޅިގެން ޤައުމީ ތަރިކައާއި އާސާރުތައް ހިމާޔަތްކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރައްވައިފިއެވެ. އޭޕްރީލް 18 ގައި ފާހަގަކުރެވުނު މި ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިޔާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ، ޤައުމިއްޔަތުގެ އެއް ބައިކަމުގައިވާ ކާބަފައިން ވާރުތަކޮށްދީފައިވާ އަގުހުރި ތަރިކަތަކާއި އާސާރުތައް ހިމާޔަތްކޮށްގެން ނޫނީ ދިވެހި ޤައުމަށް ދެމިނުއޮވެވޭނެ ކަމުގައެވެ.

ދުނިޔޭގެ ތަރިކައިގެ ދުވަހަކީ 1983 ވަނަ އަހަރު ޔުނެސްކޯގެ 22 ވަނަ ޖެނެރަލް އެސެންބްލީގައި ނިންމައިގެން ކޮންމެ އަހަރެއްގެ އޭޕްރީލް 18 ގައި ފާހަގަކުރާ ދުވަހެކެވެ.

ސަރުކާރުން ވަނީ ދިވެހިރާއްޖޭގައި ހުރި ތަރިކައާއި އާސާރުތައް ހިމާޔަތްކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަން ފަށާފައެވެ. މި ގޮތުން ބޮޑުތިލަދުންމަތީގެ އަތޮޅުތަކުގައި ހުރި ތަރިކަތައް ހިމާޔަތްކުރުމާއި، އެ ތަންތަނުން އާމްދަނީ ހޯދުމުގެ ސިޔާސަތެއް ތަންފީޒުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރިއަށް ގެންދަވަމުން ދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.