އައިލެންޑް އޭވިއޭޝަންއަށް 25 އަހަރު: ކުންފުނީގެ އެންމެހާ ޚިދުމަތްތެރިންނަށް ރައީސްގެ ތަހުނިޔާ

އައިލެންޑް އޭވިއޭޝަންއަށް 25 އަހަރު: ކުންފުނީގެ އެންމެހާ ޚިދުމަތްތެރިންނަށް ރައީސްގެ ތަހުނިޔާ

Author
ހުސައިން
13 އޭޕްރިލް 2025 08:00
0

ރާއްޖޭގެ ގައުމީ އެއާލައިންގެ ގޮތުގައި ދަތުރުފަތުރުގެ ޚިދުމަތް ދެމުންގެންދާ އައިލެންޑް އޭވިއޭޝަންގެ ޚިދުމަތުގެ 25 އަހަރުފުރުމުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ ތަހުނިޔާއެއް ފޮނުއްވައިފިއެވެ.

ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އައިލެންޑް އޭވިއޭޝަންގެ ޓީމުން ކުރައްވަމުންގެންދާ މަސައްކަތަކީ މެދުކެނޑުމެއްނެތި 25 އަހަރު ދިވެހި ޤައުމުގެ ނަން ވައިގެ މަތީގައި ފަވަމުންގެންދާ ހިންމަތްތެރި މަސައްކަތެއް ކަމަށެވެ. އަދި އެކަމަށްޓަކައި ރައީސް ފަޚުރުވެރިވާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖޭގެ ދަތުރުފަތުރު ފުޅާކޮށް އިޤްތިޞާދު ހިފެހެއްޓުމުގައި އަދި ތަރައްޤީ ދެމެހެއްޓުމުގައި އައިލެންޑް އޭވިއޭޝަންގެ ދައުރު ވަރަށް ބޮޑު ކަމަށާއި، ޚިދުމަތުގެ ރިހިޔޫބީލް ފާހަގަކުރާ މި އުފާވެރި ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް އެ ކުންފުންޏަށް އަރިސްކުރައްވާ ކަމަށެވެ.

އައިލެންޑް އޭވިއޭޝަންގެ ހިންގުން ހަރުދަނާކޮށް ފައިދާވާ ކުންފުންޏަކަށް ހެދުމަށް ސަރުކާރުން ދަނީ އެކި ގޮތްގޮތުން މަސައްކަތްތަކެއް ކުރަމުންނެވެ. މިހާތަނަށް އެ ކުންފުނިން ވަނީ ބައިނަލްއަޤްވާމީ ދަތުރުތައް ފަށައިފައެވެ. އަދި ކުންފުނީގެ އަސްޓޯލަށް ބޮޑެތި ބޯޓުފަހަރު އިތުރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.