އިކްރާމްގެ މައްސަލަ "ރޯޔަލް ގިންތިއަށް" ފައްތައިގެން ނުގެންގޮސްފިނަމަ ކިތަންމެ ހާވެސް ރަނގަޅު: ޝިޔާމް

އިކްރާމްގެ މައްސަލަ "ރޯޔަލް ގިންތިއަށް" ފައްތައިގެން ނުގެންގޮސްފިނަމަ ކިތަންމެ ހާވެސް ރަނގަޅު: ޝިޔާމް

Author
މުޙައްމަދު ޖިމީ
10 އޮކްޓޯބަރ 2020 06:58
0

ރެޕިޑް ރެސްޕޮންސް ޓީމްގެ މެމްބަރަކަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން ޙަމަލާ ދިން މައްސަލަ "ރޯޔަލް ގިންތިއަށް" ފައްތައިގެން ކުރިއަށް ނުގެންގޮސްފިނަމަ ކިތަންމެހާވެސް ރަނގަޅުކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރޭ މާފަންނު މަދަރުސާގައި ކޯވީޑަށް ސާމްޕަލް ނަގާ ރެޕިޑް ރެސްޕޮންސް ޓީމް (އާރުއާރުޓީ)ގެ މެންބަރަކަށް އެމްޑީޕީގެ މަޖިލިސް މެންބަރު އިކްރާމް ހަމަލާދިންކަމަށް ތުހުމަތުކުރާ މައްސަލާގައި ވަރަށް ގިނަބައެއްގެ ފަޑުކިއުން ވަނީ އެމެމްބަރަށް އަމާޒުވެގެންގޮސްފައެވެ. އެކަމަށް އިޝާރާތްކުރައްވާ މެންބަރު ޝިޔާމް ވިދާޅުުވީ "ރޯޔަލް ގިންތިއަށް" ފައްތައިގެން އެޢަމަލު ފުލުހުން ތަޙްޤީގް ނުކޮށްފިނަމަ ކިތަންމެހާވެސް ރަނގަޅުކަމަށެވެ. ޝިޔާމް މިފަދައިން ވިދާޅުވީ، ހުޅުމާލޭގައި ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް އެމްޑީޕީގެ މަޖިލިސް މެންބަރެއްގެ ފިރިކަލުންނާއި އިތުރު މީހަކު ވެގެން ރޭޕްކުރިކަމަށް ތުހުމަތުކުރާ މައްސަލަ ފުލުހުން ތަޙްޤީޤް ކުރަމުން ނުދާކަމަށް ގިނަ ބަޔަކު ބުނަމުންދާ ދަނޑިވަޅެއްގަައެވެ. މިމައްސަލައަށް ގިނަބަޔަކު މުޚާޠަބުކުރަނީ "ރޯޔަލް ރޭޕް" ގެ ނަމުންނެވެ. މެންބަރު ޝިޔާމް ވިދާޅުވީ ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނަކީ ބަލީގެ އެންމެ ނުރައްކާ އޮތްމީހުންކަމަށާއި އެމީހުންނަށް އިޙްތިރާމް ކުރަންޖެހޭކަމަށެވެ.

ފްރޮންޓްލައިންގަ، ވަކިން ޚާއްޞަކޮށް އާރުއާރުޓީގަހަރަކާތްތެރިވާ ފަރާތްތަކަކީ އެންމެ ބޮޑަށް ކޯވިޑްގެ ނުރައްކަލަށް ހުށައެޅިގެން މަސައްކަތްކުރައްވާ ފަރާތްތައް. އަޅުގަނޑުމެން އިޙްތިރާމް ކުރަންޖެހޭ

މިހާދިސާއާއި ގުޅިގެން މެމްބަރު އިކްރާމްގެ އަމިއްލަ ފޭސްބުކް ޕޭޖުގައި ވިދާޅުވީ ސާމްޕަލް ނަގަން ހުރި ކުއްޖާއަށް އަނިޔާއެއްކޮށް މާރާ މަރީ ހިންގަފައި ނުވާނެކަމަށެވެ. ކޯވިޑްގެ ސާމްޕަލް ނެގުމަށް ރޭ އިކްރާމް މާފަންނު މަދަރުސާއަށް ވަޑައިގެން ސާމްޕަލް ނެގުމުގައި ދިމާވި ކަންތައްތަކާއި ގުޅިގެން މީޑީޔާތަކުގައި ދައްކާ ވާހަތައް ދޮގުކޮށް އިކުރާމް ވިދާޅުވީ އެތަނުގައި ކެމެރާހުރިނަމަ ކެމެރާބައްލަވައި ލައްވައިފިނަމަ އެކަން ހިނގާދިޔަގޮތް އެގޭނެކަމަށެވެ.

އިކްރާމް ވިދާޅުވީ މީގެ ކުރިން އައިޖީއެމް އެޗްއިން ވެސް ޕީސީއާރު ޓެސްޓް ހަދާފައިވާކަމަށެވެ. ނަމަވެސް ވަރަށް އޯގާތެރިކަމާއިއެކު ތަކުލީފެއް ނުވާގޮތަށް އައިޖީއެޗް އިން އެކަން ކޮށްދިންކަމަށެވެ. މިހާތަނަށް މާރާމާރީގެ މައްސަލައެއްގައި ޕޮލިސް ރެކޯޑެއް ނޯންނާނެކަމަށެވެ. އަދި އެއަށްވުރެ އޯގާތެރިކަމާއިއެކު ޕީސީއާރު ޓެސްޓް ނެގޭނެކަމަށް އިކްރާމް ވިދާޅު ވިއެވެ.

ރޭމާފަންނު މަދަރުސާގައި ކޯވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަން އުޅުމުގެ ތެރޭގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަމަށާއި، މިމައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުންދާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.