ޕޮލިސް ކަސްޓޯޑިއަލްގައި ބަންދުކޮށްފައި ހުއްޓާ އަމިއްލައަށް މަރުވާން އުޅުނު މީހަކަށް ފަރުވާ ދެނީ

ޕޮލިސް ކަސްޓޯޑިއަލްގައި ބަންދުކޮށްފައި ހުއްޓާ އަމިއްލައަށް މަރުވާން އުޅުނު މީހަކަށް ފަރުވާ ދެނީ

Author
ހުސައިން
05 އޭޕްރިލް 2025 01:05
0

ހދ. ކުޅުދުއްފުށި ޕޮލިސް ކަސްޓޯޑިއަލްގައި ބަންދުކޮށްފައި ހުރި 34 އަހަރުގެ ފިރިހެނަކު އަމިއްލައަށް މަރުވާން މަސައްކަތްކުރުމާ ގުޅިގެން، އޭނާ އަށް ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މިރޭ ނެރުނު ބަޔާނެއްގައި ހާމަކުރި ގޮތުގައި މި ފިރިހެން މީހާއަކީ މަސްތުވެފައި ހުރެ ގޭގެ މުދަލަށް ގެއްލުން ދީ، ހަމަނުޖެހުން ހިންގި މައްސަލައަކާ ގުޅިގެން މިދިޔަ ބުދަ ދުވަހު ހައްޔަރުކުރެވުނު މީހެކެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންވަނީ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއެކު، ކަމާބެހޭ މަޢުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާ ޙިއްޞާކޮށްފައެވެ. އަދި މި ހާދިސާ ތަޙްޤީޤުކުރުމަށްޓަކައި ފުލުހުންގެ މޭޖާ ކްރައިމްސް ޑިޕާޓްމަންޓުގެ ޓީމެއް ކުޅުދުއްފުށްޓަށް ފޮނުވަން ނިންމާފައިވާކަންވެސް ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.