ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވް ކޭސްތަކެއް ފެނުމުން ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރިއިރު އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސްއެއް ފެނުނީ މާރޗް މަހުގެ 7 ވަނަ ދުވަހުއެވެ. ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އެނެމް ފުރަތަމަ ޢިއުލާންކުރެއްވީ 12 މާރިޗު 2020 ގައެވެ.
މާލެ ސަރަހައްދުން ނުވަތަ މުޖުތަމަޢުގެ ތެރޭގައި ބަލި އުޅޭކަން ކަށަވަރުވެފައިވަނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ފަހުން މާލެ ސަރަހައްދު ވަނީ ފުރަބަންދުކޮށްފައެވެ. ކޯވިޑްގެ ނުރައްކަލުގައި މުޅި އަހަރު ހޭދަކޮށް، މިވަނީ މިއަހަރާއި އަލްވަދާއު ކިޔައި އާ އަހަރެއް ފަށާފައެވެ. 2021 ވަނަ އަހަރާއި ކުރިމަތިލާފައިވާއިރު، ރާއްޖެއިން ނިމިދިޔަ އަހަރުގައި ކޯވިޑްގެ ކޭސްތަކުގެ އަދަދު ވަނީ ކުރިން ލަފާކުރި އަދަދަށްވުރެ މާބޮޑުތަނުންވެސް މަދުވެފައެވެ. ދިވެހިންގެ ތެރެއިން ފެނިގެންދިޔަ އެއްބައިވަންތަކަމާއި، ދެއްކި އެކުވެރި ރޫހަކީ އަހަރު ނިންމާލިއިރު، ދިވެހިންގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް ލިބިގެންދިޔަ އެންމެ ބޮޑު ފުރުސަތަށެވެ.
ނަމަވެސް ނިމިދޔަ އަހަރަކީ ދިވެހިންނަށް އުފާވެރި އަހަރަކަށް ނުވެއެވެ. ކޯވިޑަށް 13،757 މީހުން ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން 48 މީހަކު ވަނީ ދުނިގެ ދޫކޮށްފައެވެ. ބަލީގައި ހާލުބޮޑު ބަލި މީހުންނާއި، ޞިއްޚީ ގޮތުން ނާޒުކު ހާލަތަކަށް އެތައް ބަޔަކު ދިއުމުގެ ފުސަތު ކުޑަވެގެން ދިޔަ އެންމެ ބޮޑު ސަބަބަކީ ދިވެހިންގެ ކިޔަމަންތެރިކަމެވެ. އަދި ޞިއްޚީ ޚިދުމަތްތެރިންގެ ވަރުބަލި ކަމެއްނެތް ހިތްވަރެވެ.

ނިމިދިޔަ އަހަރުގައި ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން 13،141 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑްގެ ބަލި ރާއްޖެއިން ފެނުނުއިރު ސާމްޕަލް ނަގާނެ ވަސީލަތްތަކާއި، ނަތީޖާ ލިބޭނެ ގޮތެއްވެސް ރާއްޖޭގައި ނެތެވެ. ނަމަވެސް މިއަދު މިހުރިހާ ވަސީލަތްތަކެއް ރާއްޖޭގައި ވަނީ ގާއިމްކޮށްފައެވެ. އަހަރު ނިންމާލިއިރު ވަނީ ކޯވިޑަށް ރާއްޖެއިން 316،704 ސާމްޕަލް ނަގާފައެވެ. މީގެ ތެރޭގައި ރިޕީޓްކޮށް ނެގިފައިވާ ސާމްޕަލްތައްވެސް ހިމެނެއެވެ.
މިއަދު ރާއްޖޭގެ ރައްޔިތުންނަށް އޮތް ޔަގީންކަމަކީ ބަލީގައި ރާއްޖޭގެ ޞިއްޚީ ހިދުމަތްތެރިންނަށް އޮތް ޔަގީންކަމާއި އިތުބާރެވެ. މިބަލީގައި ރާއްޖެއިން ބޭރުން ލިބޭ ފަރުވާއަށްވުރެ ރާއްޖޭގައި ލިބޭ ފަރުވާއާއި ޞީއްޚި ހިދުމަތްތެރިންގެ އޯގާތެރިކަމަން ބޭރު ގައުމުތަކުގެ މީހުންގެ ތެރެއިން ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ ދުލުން ވަނީ ކިޔައިދީ ތައުރީފް ކޮށްފައެވެ. އެހެން ކަމުން މިއަހަރުގައިވެސް ދިވެހި ޞިއްޚީ ހިދުމަތްތެރިންގެ ބަސް އަހައި، މިކަމުން އަރައިގަތުމަށް އެއްބައިވަންތަކަމާއިއެކު މަސައްކަތް ކުރުމަކީ މިއަދުވެސް އެބޭފުޅުން އާދޭހެވެ.
ކޮމެންޓު ފޮނުވާ