ކުޑަކުދިންގެ އަބުރާއި ކަރާމާތަށް އަރައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ފަހުމީ

ކުޑަކުދިންގެ އަބުރާއި ކަރާމާތަށް އަރައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ފަހުމީ

ގުޅުންހުރި

އިޖުތިމާޢީ އަދި ސިޔާސީ އެކި މަންސަތަކުގައި އެއްވެސް ހާލަތެއްގައި ކުޑަކުދިންގެ އަބުރާ ބެހި، އެކުދިންގެ ކަރާމާތަށް އަރައިގަތުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ ވަނީ މިފަދަ ޢަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ، "ޒާތީ ރުޅިވެރިކަމެއްގައި ވިޔަސް، ނުވަތަ ސިޔާސީ ވާދަވެރިކަމުގައި ވިޔަސް، އަޅުގަނޑުމެން އެންމެންނަކީ ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަތުމުން ދުރުވެތިބޭ، އަދި އެފަދަ ނޭއްގާނީ ޢަމަލުތަކާ ދެކޮޅަށް ޙައްޤު ބަސް ބުނުމަށް ފަސްޖެހުމެއްނެތި ތެދުވާ ބަޔަކަށް ވަމާތޯ!" މިފަދައިން ވިދާޅުވެފައެވެ.

ފަހުމީ މިފަދައިން ޕޯސްޓެއް ކުރައްވާފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް މިދިޔަ ބުދަ ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގައި ދެކެވުނު ވާހަކަތަކާ ގުޅިގެންނެވެ. އެ މުޒާހަރާގައި ވާހަކަ ދެއްކީ އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) އެވެ. މަންދީ ވަނީ ރާއްޖޭގައި ވޭޕް މަނާކުރުމާއި ރައީސްގެ ދަރިކަލަކާ ގުޅުވައި ވާހަކަ ދައްކާފައެވެ.

މި މައްސަލަ ހޫނުވެ، ސަރުކާރުގެ އެކިއެކި އިސްވެރިންނާއި، އެކިއެކި އިދާރާތަކުން ވަނީ މި ކަން ކުށްވެރިކޮށްފައެވެ. ޕީއެންސީން ވެސް ވަނީ މި މައްސަލަ ބެލުމަށް ގޮވާލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ