ރަމަޟާން މަހަށް ރަސްފަންނު ސާފުކުރުމުގެ މަސައްކަތް ފެށިއްޖެ

ރަމަޟާން މަހަށް ރަސްފަންނު ސާފުކުރުމުގެ މަސައްކަތް ފެށިއްޖެ

ގުޅުންހުރި

ރަސްފަންނު ސާފުކުރުމުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.

ވަޒީރު އާދަމް ޝަރީފް އުމަރު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބަރަކާތްތެރި ރޯދަ މަހު ރަސްފަންނު ބޭނުން ކުރެވޭނެ ގޮތެއް ހެދުމަށްޓަކައި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ފަށާފައިވާ ކަމަށެވެ.

މި ފަހުން ރަސްފަންނު މަރާމާތު ކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އެތަން ބަންދުކޮށްފައިވެއެވެ. އެ މަސައްކަތަށް މިދިޔަ މަހުގެ 22 އިން 28 އަށް ރަސްފަންނު ބަންދުކުރިއެވެ.

ރަސްފަންނު ވަރަށް ބޮޑަށް ވަނީ ހަލާކުވެފައެވެ. އެ ސަރަހައްދަށް މި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުމަށް ފަހުގައި ވިދާޅުވެފައިވަނީ އެތަން މަރާމާތުކުރައްވާނެ ކަމަށެވެ.

ރައީސް އެ ދުވަހު ވިދާޅުވީ ރަސްފަންނާއި ސަލްޓަންޕާކްގެ ހާލަތު ފެނިފައި ހިތާމަ ކުރައްވާ ކަމަށާއި ދެ ތަން ވެސް ވީރާނާވަމުންދާ ކަމަށެވެ. އެ ދެތަނަކީ ވެސް ތޮއްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަލްޓަން ޕާކާއި ރަސްފަންނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް ރައީސް މުއިއްޒު ހުންނަވައިގެން ކުރެއްވި މުހިންމު މަސައްކަތްތަކުގެ ތެރެއިން ތަރައްގީ ކުރެއްވި ދެ ތަނެވެ. އެއީ މާލޭގެ ތޮއްޖެހިފައިވާ މާހައުލުގައި ރައްޔިތުންނަށް ހިތްހަމަޖެހުން ހޯދައިދިނުމަށް ރައީސް މުއިއްޒުގެ ހާއްސަ ބެއްލެވުމުގެ ދަށުން ހިންގެވި މަޝްރޫއެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ