ޒަކާތުގެ ނިޒާމު ރަނގަޅަށް ތަންފީޒު ކުރެވިގެން ނޫނީ އިޤްތިޞާދުގައި ބަރަކާތެއް ނެތް: ޝައިޙު ޒައިދު

ޒަކާތުގެ ނިޒާމު ރަނގަޅަށް ތަންފީޒު ކުރެވިގެން ނޫނީ އިޤްތިޞާދުގައި ބަރަކާތެއް ނެތް: ޝައިޙު ޒައިދު

Author
މުޙައްމަދު ޝަޒައިމް
31 ޑިސެމްބަރ 2020 04:00
0

ޒަކާތުގެ ނިޒާމު ރަނގަޅަށް ތަންފީޒު ކުރެވިގެން ނޫނީ އިޤްތިޞާދުގައި ބަރަކާތެއް ނެތް ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޓެކްސްގެ ނިޒާމާއި ގުޅޭގޮތުން ދީނީ އިލްމުވެރިންގެ މެދުގައި ކުރެވެމުންދާ ބަހުސްއާއި ގުޅޭގޮތުން ޝައިޚު ޒައިދު ވިދާޅުވީ މީހުން އަތުން ނެގޭ ޓެކްސް ވީހާވެސް މަދު ކުރަންޖެހޭކަމަށެވެ. އިސްލާމްދީނުގައި ޒަކާތް ނެގުން ކަނޑައަޅާފައިވަނީ މިފަދަ ކަންކަމަށް ހައްލު ގެނައުމަށް ކަމަށާއި، ޒަކާތުގެ ނިޒާމު ފުރިހަމަ ގޮތުގައި ތަންފީޒުކޮށްގެން ނޫނީ އިޤްތިޞާދުގައި ބަރަކާތެއް ނެތްކަމަށް ޝައިޚް އަލީ ޒައިދު ވިދާޅުވިއެވެ.

ޓެކްސްއަކީ ޒަކާތް ނަގައި އޭގައިން ނުވެއްޖެ ނަމަ ހުއްދަ އެއްޗެއް! މީހުން އަތުން ނެގޭ ޓެކްސްތައް ވީހާވެސް މަދު ކުރަންޖެހޭ! އިސްލާމްދީނުގައި ޒަކާތުގެ ނިޒާމު ބައްޓަން ވެފައިވަނީ އެންމެ ފުރިހަމަ ގޮތުގައި! އެ ނިޒާމު ރަނގަޅަށް ތަންފީޒު ކުރެވިގެން ނޫނީ އިޤްތިޞާދުގައި ބަރަކާތެއް ނެތް.

– ޝައިޚް އަލީ ޒައިދު ވިދާޅުވިއެވެ.

މީހެއްގެ ހަލާލު މުދަލުން އެއްވެސް އެއްޗެއް އެއްވެސް ތަނަކަށް ރުހުމުގައި ވެސް އަދި ނުރުހުމުގައި ވެސް ޓެސްކްސް ނުނެގޭނެ ކަމަށް ވިދާޅުވެ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިލްޔާސް ޖަމާލް ދައްކަވާފައިވާ ވާހަތަކާއި ގުޅިގެން ސޯޝަލް މީޑިޔާގައި ދެކެވޭ ވާހަތަކަށް ގިނަ އިލްމުވެރިން ދަނީ އެބޭފުޅެއްގެ ރައުޔު މިކަމުގައި ހާމަކުރަމުންނެވެ. ގިނަ ބޭފުޅުން ބުނަމުންދަނީ ޓެކްސްގެ ނިޒާމަކީ ރައްޔިތުންގެ ކަންކަން ފުއްދުމަށް އިސްލާމްދީން ހުއްދަ ކުރާ ނިޒާމެއްކަމަށެވެ.

މިމައްސަލާގައި ޑރ.އިޔާޒު ވިދާޅުވީ ރައްޔިތުންގެ އަތުން ނެގޭ ފައިސާއަކީ ރައްޔިތުންގެ ކަންކަން ފުއްދުމަށް ނެގޭ ފައިސާއަަކށް ވާންޖެހޭކަމަށެވެ. އެފައިސާއަކީ ދައުލަތުން ހަވާ އަރުވައި އުފާކުރުމަށް ބޭނުން ކުރާ ފައިސާއަށް ވެގެން ނުވާނެކަމަށް ޑރ.އިޔާޒު ވަނީ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.